މަޖިލީހުގެ 10 މުވައްޒަފަކު އިންޑިއާގެ ލޮކް ސަބާހާގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެއްޖެ

މަޖިލީހުގެ އޮފިޝަލުން އިންޑިއާގައި ތަމްރީން ޕްރޮގްރާމްގައި ---

ރައްޔިތުންގެ މަޖިލީހުގެ 10 އޮފިޝަލަކު އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް، ލޮކް ސަބާހާގެ ތަމްރީނު ޕްރޮގްރާމެއްގައި ބައުވެރިވެއްޖެއެވެ.

އިންޑިއާ އެމްބަސީން ބުނި ގޮތުގައި މި ތަމްރީނު ޕްރޮގްރާމަކީ، ލޮކް ސަބާހާގެ ޕާލިމަންޓަރީ ރީސާޗް އެންޑް ޓްރެއިންނިން އިންސްޓިއުޓް ފޯ ޑިމޮކްރަސީސް (ޕްރައިޑް) އިން ހިންގާ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.

"މި ތަމްރީނު ޕްރިގްރާމްގައި، ގާނޫނު ހެދުމާއި، ސްފްޓްވެއާ އަދި އައިސީޓީ މެނޭޖްމަންޓް ފޯ ޕާލިމަންޓްސް އެން އާކައިވް ކަވަރު ކުރާނެ،" އިންޑިއާ އެމްބަސީން ބުންޏެވެ.

މި ތަމްރީން ޕްރޮގްރާމަކީ، މިދިޔަ ޑިސެމްބަރު މަސްތެރޭ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ސޮއި ކުރި އެމްއޯޔޫގެ ސަށުން ދޭ ތަމްރީނު ޕްރޮގްރާމެއް ކަމަށް އެމްބަސީން ފާހަގަ ކުރެއްވިއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމަތު ދެއްވަމުން ރައްޔިންތުންގެ މަޖިލީހުގެ މީޑިއާ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ، އެ ތަމްރީން ޕްރޮގްރާމް ކުރިއަށް ދަނީ، މިމަހު 11 އިން 18 އަށް ކަމަށެވެ.

"އޭގެ އިތުރުން، އިތުރު ތިން އޮފިޝަލަކވެސް އިއްޔެ ވަނީ ތަމްރީން ޕްރްގްރާމެއް ފުރިހަމަ ކުރުމަށް އިއްޔެ ފުރާފައި. އެއީ އެއްމަސް ދުވަހުގެ ޕްރޮގްރާމެއް،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ތަމްރީންތަކަކީ، އެމްއޯޔޫގައި ސޮއި ކުރުމުގެ ކުރިން މިދިޔަ ނޮވެމްބަރު މަސްތެރޭ ލޮކް ސަބާހާ އިން ރާއްޖެގެ މަޖިލީހަށް ކުރި ޒިޔާރަތުގައި އެކި ޑިޕާޓްމަންޓުތަކާއެކު ބޭއްވި ބައްދަލުވުންތަކަށް ފަހު، މަޖިލީހުން ބޭނުންވާ ދާއިރާތަކުން އަމާޒުކޮށް ބާއްވާ ކަސްޓަމައިޒް ތަމްރީންތަކެއް ކަމަށެވެ. މިފަދަ ތަމްރީންތައް މިއަަހަރު ތެރޭ އަދިވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެއްބާރުލުން ދިނުމުގެ އެމްއޯޔޫގައި ސޮއި ކުރީ ޑިސެމްބަރު 9، 2019 ގައެވެ. "އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޮކް ސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް"ގެ ނަމުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން، ދެފަރާތުންވެސް ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް ބާރުއަޅާ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރާނެކަން މީގެ ކުރިން މަޖިލީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް