ވަރުންގެ "މިސްޓަ ލޭލޭ" އަންނަ އަހަރަށް!

މިސްޓަ ލޭލޭގެ ޕޯސްޓަރެއް---

ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ޑީމާންޑް ބޮޑު ބަތަލު ވަރުން ދަވަންގެ "މިސްޓަ ލޭލޭ" ރަސްމީކޮށް އިއުލާންކޮށް ފިލްމު އަޅުވާ ތާރީހް ހާމަކޮށްފިއެވެ.

ޑައިރެކްޓަރު ޝިޝާންކް ކައިތާންގެ އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ފިލްމު ދައްކާ ތާރީހް އިއުލާންކުރުމާއެކު ފިލްމުގެ ޕޯސްޓަރެއް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭ އެ ފިލްމުގެ ފިރިހެން ލީޑަށް ވަރުން ދަވަން ހަމަޖެއްސި ނަމަވެސް ފިލްމުން ފެނިގެންދާނީ ކޮން ބަތަލާއިންނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ބައެއް ހަބަރުތައް ބުނާގޮތުގައި މި ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ ގިނަ ފިލްމުތަކުން ޖާގަ ހޯދަމުން އަންނަ ބޫމީ ޕަޑްނޭކަރް އާއި ޖާންވީ ކަޕޫރު ކަމަށެވެ.

ވަރުން ގެ ގިނަ ޕްރޮޖެކްޓްތަކެއް ވެސް މިއަހަރު އެބަހުއްޓެވެ. އޭނާގެ ފިލްމަކަށް އެންމެ އަވަހަށް ސިނަމާތަކަށް އަންނާނީ ރެމޯ ޑި ސޫޒާގެ "ސްޓްރީޓް ޑާންސާ" އެވެ. އެ ފިލްމުގެ ޕްރޮމޯޝަނަލް މަސައްކަތަކުގައި ވަރުން އަވަދިނެތި އުޅޭއިރު މި ފިލްމު ރިލީޒްކުރާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އެ ފިލްމަށް ފަހު އޭނާ ފެނިގެންދާނީ އޭނާގެ ބައްޕަ ޑޭވިޑް ދަވަންގެ "ކޫލީ ނަންބަރު 1" އިންނެވެ. އެ ފިލްމު ސިނަމާތަކުގައި އަޅުވާނީ މެއި މަހުގެ އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް