ސީޒަންގެ ފޭސްބުކް އެކައުންޓް ހެކްކޮށްފި

ފިލްމީތަރި އަލީ ސީޒަން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކާމިޔާބު ފިލްމީތަރި އަލީ ސީޒަންގެ ފޭސްބުކް އައިޑީ ހެކްކޮށްފި އެވެ.

ސީޒަން ބުނީ ފޭސްބުކް އައިޑީގެ އިތުރުން ފިލްމު ”އަނދިރިކަން“ އަދި ފިލްމު ”އަހްޝަމް“ގެ ޕޭޖްތައް ވެސް ހެކްކޮށްފައިވާކަމަށެވެ. ފޭސްބުކް ހެކް ކުރުމާ ގުޅިގެން އެ އައިޑީއިން ގިނަ މެސެޖުތަކެއް އާންމުންނަށް ފޮނުވަމުންދާ ކަމަށާއި އެކަމަށް ސަމާލުވުމަށް ސީޒަން ބުންޏެވެ.

އަނދިރިކަން ޕޭޖް ހެކް ކުރިއިރު މި ފިލްމަކީ ސީޒަންގެ ދެން އެންމެ އަވަހަށް ސިނަމާގައި އަޅުވާނެ ފިލްމެވެ. މި ފިލްމު އަޅުވާނީ މާޗު މަހުގެ ހަތަރު ވަނަ ދުވަހެވެ.

ޖުމްލަ ތިން ލަވަ ހިމެނޭ "އަނދިރިކަން" ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ފެނިގެންދާނީ ސީޒަން އަދި އައިމިނަތު ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. އެ ތަރީންގެ އިތުރުން ފިލްމުން ފެނިގެންދާނީ މަރިޔަމް ޝަކީލާ، ޒީނަތު އައްބާސް އަދި އަހްމަދު ސައީދެވެ.

comment ކޮމެންޓް