މުލަކުގައި މަރުވި މީހާގެ ނަފްސާނީ މައްސަލަ ހުރޭ

މ.މުލައް. މުލަކުގައި ނިޔާވި މީހާގެ ނަފްސާނީ މައްސަލަ ހުރޭ--

މ. މުލަކުގެ މިއަދު މަރުވެފައި އޮއްވާ ފެނުނު މީހާގެ ނަފްސާނީ މައްސަލަ ހުންނަކަން އެނގިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ މުލަކުގައި ވަޑާމުގައި މަސައްކަތް ކުރާ ތަނެއްގައި މަސައްކަތް ކުރި ވަޑިއެކެވެ.

މުލަކު ކައުންސިލްގެ ރައީސް އަޝްރަފް ޖަމްޝީދު "ސަން" އަށް މިއަދު ވިދާޅުވީ ނިޔާވި މީހާ "ޖިންނި މޮޔަވުން" ފަދަ މައްސަލަތައް ހުންނަކަމަށް އާއިލާއިން ބުނާ ކަމަށެވެ.

އެ މީހާ މަރުވެފައި އޮއްވާ ފެނުނު އިރު، ވާތް ފަރާތު މޭމަތިން ވަރަށް ފުންކޮށް ގާތްގަނޑަކަށް ނުވަ އިންޗިއެއްހާތަން ވަނީ ކަފައިގެން ގޮސްފަ އެވެ. އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނީ އެމީހާ ވެއްޓިފައި އޮތް އިރު އޭނާ ކައިރީގައި ކަރަންޓް ކީސް ޖައްސާފައި ހުރި ކަމަށެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ 44 އަހަރުގެ ފިރިހެނެކެވެ. ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގް ކުރަމުންނެވެ.

comment ކޮމެންޓް