މަހަށް ނުކުމެ އުޅުނު މީހެއްގެ ކަރުގައި ކަންވާރެއް އޮޅިގެން މަރުވެއްޖެ

ށ. ފުނަދޫއިން މަހަށް ނިކުމެ އުޅުނު މެދު އުމުރުގެ މީހެއްގެ ކަރުގައި ކަންވާރު އޮޅިގެން އޭނާ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު، ށ. ފުނަދޫ އިން ޑިންގީއެއްގައި އެކަނި މަހަށް ނިކުމެ އުޅުނު މީހެއްގެ ކަރުގައި ކަންވާރު އޮޅިފައި ވަނީ، އޭނާ އެއްލައިގެން ހުރި ނަނުގައި މަހެއް ގަތް ވަގުތު އޭނާ ކަނޑަށް ވެއްޓުމުން ކަމަށެވެ.

މަރުވެފައި ވަނީ، އެ ރަށަށް ނިސްބަތްވާ އާދަމް އިބްރާހިމް، 59އ. އެވެ.

އެ ރަށުގައި ހުންނަ ށ އަތޮޅު އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މިއަދު "ސަން"އަށް ވިދާޅުވީ، ނަނުގައި ގަތީ ހިބަރެއް ކަމަށް ބެލެވޭ ކަމަށާއި ނަނުގައި ގަތް ހިބަރު ނަގަން އުޅުމުގެ ތެރޭގައި އޭނާ ކަނޑަށް ވެއްޓި ކަންވާރު އޮޅުނީ ކަމަށެވެ.

ފުލުހުން ބުނީ ހޮސްޕިޓަކަށް ގެނައި އިރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެނައީ، އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު އެހެން ދޯންޏަކަށް އޭނާ ވެއްޓިފައި އޮއްވާ ފެނިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އޭނާ ވެއްޓިފައި އޮއްވާ ފެނުނު ސަރަހައްދުން އޭނާ އަރައިގެން ހުރި ފެންފައިވާން ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު