ފެރީއަކާއި ލޯންޗެއް އެކްސިޑެންޓްވެ ފަސް މީހަކު ފަރުވާއަށް އައިޖީއެމްއެޗަށް

ހުޅުލޭ ފެރީ އަކާއި ލޯންޗެއް ޖެހި މިރޭ ހިނގި އެކްސިޑެންޓްގައި ހުޅުލޭ ފެރީއަށް ގެއްލުން ވެފައި ---

އެއާޕޯޓު ފެރީއަކާއި ލޯންޗެއް ޖެހި މިރޭ ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެގެން އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފި އެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ، މިރޭ 10:30 ހާއިރު ހުޅުލެ ނެރު ކައިރީ އެއާޕޯޓް ފެރީ އަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ވެގެން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި ފަސް މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އެއީ ހުޅުލޭ ފެރީގައި ތިބި ހަތަރު އަންހެން ފަތުރުވެރިއެއްގެ އިތުރުން ލޯންޗްގައި ހުރި ދިވެހި ފިރިހެނެއް ކަމަށް އިޒްމިއާ ވިދާޅުވި އެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް ހާނިއްކައެއް ލިބިފައި ނުވާ ކަން ވެސް އިޒްމިއާ ވަނީ ފާހަގަކުރައްވާފަ އެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުލެއިން ހުޅުމާލެއަށް ދިއުމަށް ހުޅުލޭގެ އުތުރު ނެރުން ނިކުއިން އެއާޕޯޓް ފެރީ އަކާއި ލޯންޗެއް ޖެހިގެން ކަމަށް ވެސް އިޒްމިއާ ވިދާޅުވި އެވެ. އަދި އެ މައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް