ލޮލޮގެ ބަލިތަކުގެ ކޭމްޕްގައި 75 ސާޖަރީ ހެދި: ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލްގައި ކުރިއަށް ގެންދިޔަ ލޮލުގެ ކޭމްޕްގެ ތެރެއިން--- ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލްގައި ލޮލުގެ ބަލިތަކަށް ހާއްސަކޮށްގެން ބޭއްވި ކޭމްޕްގައި 75 ލޮލުގެ ސާޖަރީ ހެދިކަމަށް އެ ހޮސްޕިޓަލްއިން ބުންޏެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ކޭމްޕް މިއަދު ވަނީ ނިންމާލައިފައެެވެ.

ޒޮންގްޝަންގް އޮޕްތަލްމިކް ސެންޓާ ފޯ ޗައިނާއިން ކުރިއަށް ގެންދިޔަ އެ ކޭމްޕްފައި 571 މީހަކު ލޮލަށް ސްކްރީން ކުރިކަމަށް ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

" ބޮޑަށް ސާޖަރީ ހެދި 30-65 އަހަރާ ދެމެދުގެ މީހުން. އެންމެގިނައިން ހެދީ ލޮލުގެ ފުސްކަހަން ހެދި ކެޓަރެކްޓް ސާޖަރީ. ދެން އުޅޭ ލޭޒާ ސަޖަރީވެސް" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ލޮލޮގެ ކޭމްޕް ނިންމާލިއިރު އަދިވެސް 300 އެއްހާ މީހުން ވެއިޓް ލިސްޓްގައި ތިބި ކަމަށާއި މާދަމާ ލޮލޮގެ ކްލިނިކް ހުޅުމާލެ ހޮސްޕިޓަލްގައި ރަސްމީކޮށް ހުޅުވުމުން އެމީހުންނަށް ހިދުމަތްދޭން ފަށާނެކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމްކުރާ ލޮލުގެ ކްލިނިކްގައި ފަރުވާ ދެއްވާނީ ލޮލުގެ ބަލިތަކަށް ފަރުވާ ދިނުމުގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ޗައިނާގެ ޑޮކްޓަރު ޑރ. ޗަންގް ވެޔޮންގް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޑރ. ޗަންގް އަކީ ލޮލުގެ އެތައް ހާސް އޮޕަރޭޝަނެއް ކުރައްވާފައިވާ، އަދި ދުނިޔޭގެ އެތައް ގައުމަކަށް ދަތުރުކޮށް ގިނަ އަދަދެއްގެ ބަލިމީހުންނަށް ފަރުވާ ދެއްވާފައިވާ ޑޮކްޓަރަކެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ގާއިމްކުރާ ލޮލޮގެ ސެންޓަރަކީ ރާއްޖޭގައި ގާއިމްކުރާ އެފަދަ ފުރަތަމަ ސެންޓަރުވެސްމެއެވެ.

އެ ސެންޓަރުން ލޮލުގެ ފުސްކެހުމާއި، ގުލޮކޮމާ، ހަކުރު ބަލީގެ ސަބަބުން ލޮލަށް ލިބޭ ގެއްލުންތައް ލޮލުގެ ކޮއެގެ ބަލިތަކާއި ނަންބަރު ނެގުން ފަދަ ހިދުމަތްތައް ލިބޭނެއެވެ.

comment ކޮމެންޓް