ހަތަރު ކީ ސްޓޭޖެއްގެ ފޮތްތައް ޑިޖިޓަލައިޒްކުރަން ފަށަނީ

އިސްކަންދަރު ސްކޫލުގެ ދަރިވަރުން ޓެބްލެޓް ބޭނުންކުރަނީ-- ފޮޓޯ: އިސްކަންދަރު ސްކޫލު

ހަތަރު ކީ ސްޓޭޖެއްގެ ފޮތްތައް ޑިޖިޓަލައިޒްކުރަން ފަށަން ނިންމާފައިވާ ކަަމށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ކީ-ސް ކީ-ސްޓޭޖް 1 ގައި ހިމެނެނީ ގްރޭޑް 1 ން 3 އަށެވެ. ކީ-ސްޓޭޖް 2 ގައި ހިމެނެނީ ގްރޭޑް 4، 5، 6 އެވެ. ކީ-ސްޓޭޖް 3 އަކީ ސާނަވީ މަރުޙަލާއެވެ. މިބައިގައި ހިމެނެނީ ގްރޭޑް 7 އާއި8 އެވެ. އަދި ކީ-ސްޓޭޖް 4 ގައި ހިމެނެނީ ގްރޭޑް 9، 10 އެވެ

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު ވިދާޅުވީ އެ ފޮތްތައް ޑިިޖިޓަލައިޒް ކުރަން އަދި ފަށާނީ ޕައިލެޓް ޕްރޮޖެކްޓްއެއްގެ ގޮތުގައެވެ.

އެގޮތުން ކީ ސްޓޭޖް އެކަކުން ފެށިގެން ހަތަރަކަށް ކޮންމެ ކީ ސްޓޭޖަކުން 10 ސްކޫލްއެއްގެ ފޮތްތައް ޑިޖިޓަލައިޒްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކީ ސްޓޭޖް އެކަކުން ޑިޖިޓަލައިޒް ކުރާނެ 10 ސްކޫލް މިހާރު ނިންމާފައިވާ ކަަމަށްވެސް ފާތުމަތު ވިދާޅުވިއެވެ.

"މިކަން ކުރުމުގެ މަގްސަދަކީ އައިސީޓީއަކީ އަޅުގަނޑުމެންގެ އާ ކަރިކިއުލަމްގެ ވަރަށް މުހިންމު ބަޔަކަށްވެފައި އަޅުގަނޑުމެންގެ އަތުގައި މިވަގުތު ޓެބްލެޓްވެސް ހުރުމާއެކު އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުން. އެހެންވީމާ އެކަމަށްޓަކައި އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން" ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ސްކޫލްތައް ޑިޖިޓަލަައިޒްކުރުމުގެ ގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް ޓެބްލެޓް ބޭނުންކުރިއެވެ. ނަަމަވެސް މިދިޔަ އަހަރު ގިނަ ސްކޫލްތަކުގައި ޓެބްލެޓް ބޭނުމެއް ނުކުރެއެވެ. މިއަހަރު ޓެބްލެޓްތަަކުގެ ބޭނުން ރަނގަޅަށް ކުރެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

https://sun.mv/125636

އެކަމަށް ޓަކައި ދަރިވަރުން މިހާރު ގެންގުޅޭ ފޮތްތައް ޑިޖިޓަލައިޒްކުރަން ނިންމާފައިވާ ކަމަށާއި ވަރަށް ގިނަ ފޮތްތައް މިހާރު ޑިޖިޓަލައިޒްކޮށް ނިމިފައިވާކަން ވެސް މިނިސްޓަރު އޭރު ވިދާޅުވިއެވެ.

comment ކޮމެންޓް