މަޝްހޫރު ތަރި އިޑްރިސް އެލްބާ ރާއްޖޭގައި

އިޑްރިސް އެލްބާ ވަން އެންޑް އޮންލީ ރީތި ރަށުގައި ޗުއްޓީ ހޭދަކުރަނީ --- އާކިޓެކްޗަރަލް ޑައިޖެސްޓް

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ކުރީގެ ޑީޖޭ އިޑްރިސް އެލްބާގެ އާ އަހަރުގެ ޗުއްޓީ ރާއްޖޭގައި ހޭދަކުރަމުން އެބަ ދެއެވެ.

ޕްރައިމްޓައިމް އެމީ އަދި ގޯލްޑެން ގްލޯބްސް އެވޯޑަށް ނޯމިނޭޓްފައިވާ މަޝްހޫރު އިޑްރިސް ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުން ސެބްރީނާ ދޯރީ އާއި އޭނާގެ ދެ ދަރީންނާއެކުގައެވެ.

މައުލޫމާތު ލިބޭގޮތުގައި އާ އަހަރު ފެށުމުގެ ކުރީން އިޑްރިސް އާއި އާއިލާ ވަނީ ރާއްޖެ އައިސްފައެވެ. އަދި މިހާރުވެސް އެ އާއިލާއިން ޗުއްޓީ ހޭދަކުރަމުން ދަނީ ވަން އެންޑް އޮންލީ ރީތި ރަށުގައެވެ.

އިޑްރިސްގެ އެ ދަތުރުގައި ވަން އެންޑް އޮންލީ ރަށުތެރޭގެ އެކި ސަރަހައްދުތައް ބަލައި އާއިލާއާއެކު ވަގުތު ހޭދަކޮށްފައިވެއެވެ.

އަދި އާ އަހަރުގެ ޝޯގައި އިޑްރިސް ވަނީ ވަރަށް ހާއްސަ ޑީޖޭއެއްވެސް ކުޅެފައި ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ބުނެއެވެ. އެ އާއިލާއިން އަދިވެސް ދަނީ އާ އަހަރުގެ ޗުއްޓީ، ރާއްޖޭގައި ހޭދަކުރަމުން ކަމަށް މައުލޫމާތު ލިބެއެވެ.

ހޮލީވުޑްގެ ބޮޑެތި ޕްރޮޖެކްޓްތަކުގައި މަސައްކަތް ކޮށްފައިވާ އިޑްރިސް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އޭލިސްޓު ތަރީންގެ "ކެޓްސް" ފިލްމުންނެވެ.

އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މަޝްހޫރު ފަންނާނުން ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް ވަނީ އައިސްފައެވެ. އެގޮތުން ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްވެސް ދާދި ފަހުން ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައިވާއިރު ބޮލީވުޑްގެ މަޝްހޫރު ޒުވާން އެކްޓްރެސް ސާރާ އަލީ ހާން އާއި އޭނާގެ ކޮއްކޮ ވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

comment ކޮމެންޓް