ދިވެހި އުފެއްދުންތަކަށް ހާއްސަ ފިހާރައެއް ޑިއުޓީފްރީއަށް

ދިވެހި އުފެއްދުންތަކަށް ހާއްސަ ފިހާރައެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގައި ހުޅުވުން -- ފޮޓޯ: އެމްއޭސީއެލް

ދިވެހި އުފެއްދުންތަކަށް ހާއްސަ ފިހާރައެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގައި ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

"އޯތެންޓިކް މޯލްޑިވްސް" ގެ ނަމުގައި ހުޅުވި މި ފިހާރައިން ދިވެހިންގެ އަތުން އުފައްދާފައިވާ ދިވެހިވަންތަ އުފެއްދުންތައް ލިބެން ހުންނާނެއެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން އިސްނަގައިގެން ހުޅުވި މި ފިހާރައާއެކު ރާއްޖެ ޒިޔާރްކުރާ ފަރާތްތަކަށް ދިވެހި ފަންނުވެރިންގެ އަތުން އުފައްދާފައިވާ އުފެއްދުންތައް ފަސޭހައިން ގަނެވޭނެއެވެ.

އެއާޕޯޓުގެ ޑިއުޓީފްރީ ފިހާރަތަކުގައި ދިވެހި އުފެއްދުންތައް ވިއްކުމަށް ކުދި ވިޔަފާރިތަކަށް ހުޅުވާލީ މިދިޔަ އޮގަސްޓުމަހުއެވެ.

މިއީ ދިވެހި އަތްތެރި މަސައްކަތް ކުރާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދުފަންތީގެ ސިޔާސަތުގެ ދަށުން ވިޔަފާރިތައް ކުރިއެރުވުމުގެ ބޭނުމުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ބިޒްނަސް ސެންޓަރުން ހުޅުވި ފިހާރައެކެވެ.

comment ކޮމެންޓް