އަންހެނުންގެ އުފެއްދުންތައް ވިއްކުމަށްް އެއާޕޯޓުގައި މައުރަޒެއް

"ސުވެނިއާ ސަފާރީ" ގެ ނަމުގައި މިއަދު ބޭއްވި މައުރަޒު -- ފޮޓޯ: އެމްއޭސީއެލް

ދިވެހި ފަންނުވެރި އަންހެނުންގެ މަސައްކަތްތައް ވިއްކުމަށް އެމްއޭސީއެލް އާއި ވިމެން އެންޓްރަޕްރެނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މައުރަޒެއް ބާއްވައިފިއެވެ.

"ސުވެނިއާ ސަފާރީ" ގެ ނަމުގައި މިއަދު ބޭއްވި މި މައުރަޒުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެ އެމީހުންގެ އުފެއްދުންތައް ޑިސްޕްލޭ ކޮށްފައިވެއެވެ.

އެއާޕޯޓު ވޯޓާ ފްރަންޓް ތިރީގައި އޮތް މި މައުރަޒުގެ އުފެއްދުންތައް ގަންނަން ބޭނުން މީހުންނަށް އެއްޗެހި ގަތުމުގެ ފުރުސަތުވެސް އޮތެވެ.

މިއީ އެއް ޕްލެޓްފޯމަކުން އޯތެންތެޓިކް ދިވެހި އުފެއްދުންތައް ދައްކާލުމަށް ދިވެހި އަންހެނުންނަށް ހާއްސަކޮށްގެން ބޭއްވި މައުރަޒެކެވެ.

ކުރިއަށް އޮތްތަނުގައިވެސް މިފަދަ މައުރަޒުތައް އެއާޕޯޓާއި ވިމެން އެންޓްރަޕްރެނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބާއްވަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް