ގުރައިދޫ މަރުކަޒަށް ޖަޕާނުން 1.3 މިލިއަން ރުފިޔާގެ އެހީ

ްނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޖަޕާނު ސަރުކާރުން އެހީ ދިނުން -- ފޮޓޯ: ޖެންޑާ

ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޖަޕާނު ސަރުކާރުގެ ފަރާތުން 86,961 އެމެރިކާ ޑޮލަރު (1.3 މިލިއަން ރުފިޔާ) ހަދިޔާކޮށްފިއެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނު ސަރުކާރުގެ ފަރާތުން އެހީ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، މިސް ކެއިކޯ ޔަނާއިއެވެ. ޖެންޑާ މިނިސްޓްރީގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގެންނެވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިމްރާން އިބްރާހީމެވެ.

މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މަރުކަޒުގައި މިހާރު ހުރި ކްލިނިކް އިތުރަށް މަރާމާތުކޮށް ޖާގައިގެ ތަނަވަސްކަން އިތުރުކުރުމަށާއި، އިމަޖަންސީ ހާލަތުތަކުގައި މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް އަވަސް ފަރުވާދެވޭނެ އިންތިޒާމު ގާއިމުކުރުމަށްކަމަށް ޖެންޑާ މިނިސްޓްރީ އިން ބުންޏެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށް ޖެންޑާ އިން ބުންޏެވެ.

މި މަރުކަޒުގައި މި ވަގުތު ހާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ 200 މީހުން ދިރިއުޅެމުންދެއެވެ.

comment ކޮމެންޓް