ދުންނާރާ ވައްތަރުގެ ކުނި އަންދާ މެޝިނެއް ޖަޕާނުން ހޮޅުދުއަށް ދެނީ

ދުންނާރާ ވައްތަރުގެ ކުނި އަންދާ މެޝިނެއް ޖަޕާނުން ނ. ހޮޅުދޫއަށް ދޭން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ހޮޅުދޫ ކައުންސިލް

ދުންނާރާ ވައްތަރުގެ ކުނި އަންދާ މެޝިނެއް ޖަޕާނުން ނ. ހޮޅުދުއަށް ދޭން ނިންމައިފިއެވެ.

އެ މެޝިން ހަދިޔާކޮށް ހޮޅުދޫގައި ބެެހެއްޓުމުގެ ގޮތުން ޖަޕާނާއިި ހޮޅުދޫ ކައުންސިލްއާއެކު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ޖަޕާންގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަނާއި ކެއިކޯ އެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ނަސީރެވެ.

ހޮޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީރު "ސަން" އަށް މިއަދު ވިދާޅުވީ އެ މެޝިންއަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި އިންސިއުނޭޓަރެއް ކަމަށެވެ.

ހޮޅުދޫގަިއ ކުނި އަޅާތަނުގައި ހުރި ކުނިތަކެއް-- ފޮޓޯ: ހޮޅުދޫ ކައުންސިލް

މިއީ 4.5 މިލިއަން ރުފިޔާގެ މަޝްރޫއެއްކަަމަށްވެސް ނަސީރު ވިދާޅުވިއެވެ.

ހޮޅުދުއަކީ ކުޑަކުޑަ ރަށަކަށްވެފައި ކުނި އަޅާނެ މާބޮޑުތަނެއް ނެތުމުން ކުނީގެ މައްސަލަ ވަރަށް ބޮޑުވެފައިވާކަމަށް ނަސީރު ވިދާޅުވިއެވެ.

"ދަގަނޑާއި ބިއްލޫރި ނޫން ހުރިހާ ވައްތަރެއްގެ ކުނި މެޝިނުން އެންދޭނެ. މީގެ ސަބަބުން ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް އަންނާނެ،" އޭނާ ވިދާޅުވިއެވެ.

ކުނި އަންދާ މެޝިން ބަހައްޓާ ޖަޕާންގެ ތޯމަސް އިންސްޓްޓިއުޓް ކުންފުނިން އެ މެޝިން ހިންގުމަށް ހޮޅުދޫގެ މީހުން ތަމްރީންކުރާނެކަމަށްވެސް ނަސީރު ވިދާޅުވިއެވެ.

comment ކޮމެންޓް