އަލިފާނުގެ ހާދިސާއިން ރައްކާތެރިވާން އެމްއެންޑީއެފްއާއި އެމްޕީއެލްއާ ދެމެދު އެމްއޯޔޫއެއް

އަލިފާނުގެ ހާދިސާއިން ރައްކާތެރިވާން އެމްއެންޑީއެފްއާއި އެމްޕީއެލްއާ ދެމެދު އެމްއޯޔޫގަިއ ސޮއިކުރުން--- ފޮޓޯ: އެމްއެންޑީއެފް

އަލިފާނުގެ ހާދިސާއިން ރައްކާތެރިވާން އެމްއެންޑީއެފްއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެމްއޯޔޫގައި އެމްއެންޑީއެފްގެ ފަރާތުން ސޮއި ކުރެއްވީ އެމްއެންޑީއެފް ފަޔަރ ރެސްކިއުގެ ކޮމާންޑަންޓު ކާނަލް އަބްދުﷲ އިބްރާހިމްއެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްޕީއެލްގެ ފަރާތުން ސީއީއޯ ޝާހިދު އަލީއެވެ.

އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އެމްޕީއެލްގައި އަލިފާނުގެ ރައްކާތެރިކަން ހުރި ވަރު ކަށަވަރުކޮށް ބަލާނެ ކަމަށެވެ.

އަދި އޭގެ އިތުރުން އެމްޕީއެލްގެ މުވައްޒަފުން ތަމްރީންކޮށް ފަޔާ އެންޑް ސޭފްޓީ އިކުއިޕްމަންޓްތައް ގަވައިދުން ޗެކްކުރުންވެސް އެމްއޯޔޫގެ ތެރޭގައި ހިމެނޭކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެމްއޯޔޫގެ ދަށުން ފަޔާ ޑްރިލްތައްވެސް ބޭއްވުމަށް ވަނީ ނިންމައިފައެވެ،

އެމްއެންޑީއެފްއާއި އެމްޕީއެލް ގުޅިގެން މިދިޔަ އަހަރު ފަހުކޮޅުވެސް ވަނީ މާލެ އަދި ކުޅުދުއްފުށީގެ ޕޯޓްގައި ދެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް