އިރުޝާދިއްޔާ ސްކޫލްގައި އިތުރު 12 ކްލާސްރޫމް އަޅަން ބަޔަކާ ހަވާލުކޮށްފި

އިރުޝާދިއްޔާ ސްކޫލްގައި އިތުރު 12 ކްލާސްރޫމް އިމާރާތް ކުރަން ސޮއިކުރުން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އައްޑޫ ސިޓީ އިރުޝާދިއްޔާ ސްކޫލްގައި އިތުރު 12 ކްލާސްރޫމް އިމާރާތް ކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް މިއަދު މާރިސް ކޮންސްޓްރަކްޝަނާ ހަވާލުކުރީ 8.17 މިލިއަން ރުފިޔާ އަށެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް އެވެ. އަދި މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު ޒުބައިރު މުހައްމަދު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެހެންކަމުން މިއަހަރު ނޮވެމްބަރު މަހު އެ މަސައްކަތް މުޅިން ނިމޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް