އީރާނަކީ ޓެރަރިޒަމްގެ އެންމެ ބޮޑު ސްޕޮންސަރު: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް-- ފޮޓޯ: ރޮއިޓާސް

އީރާނަކީ ޓެރަރިޒަމްގެ އެންމެ ބޮޑު ސްޕޮންސަރު ކަމަށް އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އިރާގުގައި އެމެރިކާ ސިފައިން ގާއިމްވެ ތިބޭ ދެ އަސްކަރީ މަރުކަޒަކަށް އީރާނުން ރޮކެޓް ހަމަލާތަކެއް ވަނީ މިއަދު ދީފައެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ހުންނެވިހާ ދުވަހެއްގައި އީރާނަށް ނިއުކްލިއާ ބާރު ލިބުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"އިރާނަކީ އެންމެ ބޮޑު ޓެރަރިޒަމް ސްޕޮންސަރުންގެ ތެރޭގައި ހިމެނޭ ގައުމެއް. އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން ހަމަނުޖެހުމަށް ހުރަސް އެޅޭ،"އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ 1979 އާ ހިސާބުން ފެށިގެންވެސް ގައުމުތަކުން ދިޔައީ މެދު އިރުމަތީގައީ އީރާނުން ހިންގަމުން ދިޔަ އަނިޔާވެރި އަމަލުތަކަށް ކެތްކޮށްގެން ކަމަށެވެ.

އެހެންކަމުން އީރާނިއަން ނިއުކްލިއާ ޑީލުން ޔުނައިޓެޑް ކިންގްޑަމް އާއި ޖަރުމަނާއި ފްރާންސް އާއި ރަޝިއާ އަދި ޗައިނާއިން ވަކި ވުމަށް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ.

"އަޅުގަނޑު އެދެނީ ނޭޓޯއިން ވެސް އިތުރަށް އީރާންގެ މައްސަލައިގައި ޝާމިލުވެ އެކަމަށް ބެލުމަށް،" ޓްރަމްޕް ވިދާޅުވިއެވެ.

comment ކޮމެންޓް