ބަތަލާ ނެހާ ޕެންޑްސޭ ކައިވެނިކޮށްފި އެވެ.
ލައިފް އޯކޭ އިން ގެނެސްދިން ޑްރާމާ ސިލްސިލާ މޭ އައި ކަމިން މެޑަމްގެ ބަތަލާ ނެހޭ 35، ކައިވެނިކުރީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޝަރުދުލް ސިންގް ބަޔާސްއާ އެވެ.
މި މަހު ފަސް ވަނަ ދުވަހު ޕޫނޭގައި ދެމީހުން ކައިވެނިކުރިއިރު ކައިވެނި ޕާޓީ ހަފްލާގައި ބައިވެރިވެފައި ވަނީ އާއިލާ އާއި ގާތް ރަހުމަތްތެރިން އެކަންޏެވެ.
ނެހޭ ބޮލީވުޑުން އެންމެ ފަހުން ފެނިގެންދިޔައީ 2015ގައި ގެނެސްދިން "ގޯރް ހަރީ ދާސްތާން" އިންނެވެ. ނެހާ ވަނީ ކަލާޒް ޗެނަލުން ގެނެސްދެމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 12ގައި ބައިވެރިވެފަ އެވެ.