ހޯރަފުށީގައި 100،000 ގަސް އިންދަން ފަށައިފި

ހޯރަފުށީގައި ފެށި ގަސްއިންދުމުގެ ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ؛ ހޯރަފުށީ ކައުންސިލް

ހއ. ހޯރަފުށީގައި 100،000 ގަސް އިންދަން އެރަށު ކައުންސިލްއިން ނިންމައިފި އެވެ.

އިއްޔެ ހަވީރު އެރަށުގައި ބޭއްވި ހައްސަ ރަސްމިއްޔާތެއްގައި ގަސް އިންދުމުގެ ހާއްސަ ޕްރޮގްރާމެއް ވަނީ ފަށައިފަ އެވެ.

އެ ޕްރޮގްރާމް ފައްޓަވައިދެއްވީ، އެ ރަށަށް ނިސްބަތްވެ ވަޑައިގަންނަވާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

ހޯރަފުށީގައި ފެށި ގަސްއިންދުމުގެ ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ؛ ހޯރަފުށީ ކައުންސިލް

ހޯރަފުށި ކައުންސިލްގެ ނާއިބު ރައީސް އިބްރާހިމް ޝާކިރު "ސަން" އަށް ވިދާޅުވީ މިއީ އެ ރަށުގެ އެއާޕޯޓް ސަރަހައްދު ފެހިކުރުމަށް ހިންގާ ހަރަކާތެއް ކަމަށާއި އަމާޒަކީ އެރަށުގެ އެއާޕޯޓް ހުޅުވުމުގެ ކުރިން ހޯރަފުށީގައި 100،000 ގަސް އިންދުން ކަމަށެވެ.

"އަޅުގަނޑުމެން ހުންނާނެ ހިތިގަހާއި ފުނަގަހާއި ރުއްގަސް ފަދަ ތަކެތި މުޑުވައްވެސް ކޮށްފައި. ދެން މަގޫ ގޮފިގަނޑު މިބޭނުން މިކުރަނީ" ޝާކިރު ވިދާޅުވި އެވެ.

ހޯރަފުށީގައި ފެށި ގަސްއިންދުމުގެ ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ؛ ހޯރަފުށީ ކައުންސިލް

ޝާކިރު ވިދާޅުވީ އެ ހަރާކާތުގައި އެރަށުގެ ކައުންސިލާއި ރަށުގެ މުވައްސަސާތަކާއި އެމްޓީސީސީ އާއި ރަށް ކައިރީގައި އޮންނަ މަނަފަރު ރިސޯޓްއިންވެސް ބައިވެރިވާ ކަމަށެވެ.

ހޯރަފުށީގައި ފެށި ގަސްއިންދުމުގެ ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ؛ ހޯރަފުށީ ކައުންސިލް

"މިކަމުގައި ސްކޫލް ކުދިންނާއި ރަށުގެ ކުދި ބޮޑު އެންމެން ބައިވެރިވޭ" އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް