އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްއިން ދޫކުރި ދީނާ ނުގުޅޭ ފޮތްތައް އަތުލަން އެ ސްކޫލްއިން ނިންމައިފިއެވެ.
އެ ފޮތުގައި ބުދުތަކާއި ކްރިސްމާއި އާ ގުޅޭ ޅެންތަކާއި އިންޑިއާގެ ސަގާފަތާއި ބެހޭ ސަފުހާތަކެއް ހިމެެނެއެވެ. އެކަމާ ގުޅިގެން އަހުމަދިއްޔާ ސްކޫލްއިން ނެރުނު ބަޔާނުގައި ބުނީ އެ ފޮތްތައް ދޫކުރުމުގެ ކުރިން އެބައިތައް ހިމެނޭ ސަފުހާތައް ނަގައި ރާއްޖޭގެ ގައުމީ ސަލާމްއާއި ނިޝާނާއި ދިވެހި ދިދައާއި ރާއްޖޭގެ ސަގާފަތް ހިމެނި ކަމަށެވެ.
ނަމަވެސް ބައެއް ފޮތްތައް ދޫކުރުމުގައި އެ ސަފްހާތަައް ބަދަލުނުކުރެވޭ ކަމަށްވެސް އަހުމަދިއްޔާއިން ބުންޏެވެ.
އެ ފޮތްތަކަކީ އިންޑިއާގެ ކެމްބްރިޖް ޔުނިވާސިޓީއާ ގުޅިގެން މިއަހަރު އެ ސްކޫލްގައި ބޭނުންކުރާނެ ފޮތްތަކެއް ކަމަށްވެސް އެ ސްކޫލްއިން ބުންޏެވެ.
އެކަމުގައި އެޑިއުކޭޝަން މިނިސްޓްރީއާއި އިންޑިއާގެ އެމްބަސީގެ އެއްވެސް ދައުރެއް ނޯންނާނެކަމަށް އަހުމަދިއްޔާއިން ބުންޏެވެ. އަދި އެ ފޮތްތައް އެ ސްކޫލްއާ ހަވާލުކުރުމަށް މިހާރު އަންގާފައިވާ ކަަމަށްވެސް އަހުމަދިއްޔާއިން ބުންޏެވެ.