ކްރިސްޓިއަން ބޭލް، ތޯރގެ އާ ފިލްމަށް

ފިލްމެއްގެ ޕްރިމިއާގައި ކްރިސްޓިއަން ބޭލް --- ފޮޓޯ : ޑެޑްލައިން

މާވެލްގެ މަޝްހޫރު ސުޕަހީރޯ ފްރެންޗައިޒް ކަމަށްވާ "ތޯރ"ގެ އާ ފިލްމުގެ ރޯލަކަށް މަޝްހޫރު އެކްޓަރު ކްރިސްޓިއަން ބޭލް ހަމަޖެއްސުމަށް މަޝްވަރާކޮށްފި އެވެ.

ބޭރުގެ ނޫހެއް ކަމަށްވާ "ވަރައިޓީ"އަށް ކަށަވަރު ވެފައިވާ ގޮތުގައި ތޯރގެ ހަތަރު ވަނަ ފިލްމު ކަމަށްވާ "ލަވް އެންޑް ތަންޑާ"ގައި މުހިއްމު ރޯލެއް ކުޅުމަށް ބޭލް ގެނައުމުގެ މަސައްކަތުގެ ދަށުން ދެން އޮތީ އެއްބަސްވުންތަކުގައި ސޮއިކުރުމެވެ.

ބޭލް އަށް ފްރެންޗައިޒް އަކުން ޖާގައެއް ނުލިބޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އެގޮތުން އެންމެ ފަހުން އޭނާ ފްރެންޗައިޒްއަކުން ފެނިގެން ގޮސްފައި ވަނީ ޑީސީގެ ބެޓްމޭން ސީރީޒްގެ "ޑާކް ނައިޓް ރައިޒެސް" އިންނެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ބޭލް ކުޅޭނެ ރޯލެއް އަދި ފައިނަލެއް ނުވެ އެވެ. އެހެންނަމަވެސް ފިލްމުގެ މުހިއްމު ރޯލެއް ކުޅޭނެ ކަމަށް މައުލޫމާތު ލިބެ އެވެ.

އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާނީ ޓެސާ ތޮމްސަން އާއި ނެޓަލީ ޕޯޓްމަން އެވެ. އެ ފިލްމުގެ ތޯރގެ ރޯލުން ފެނިގެންދާނީ ނެޓަލީ ކަމަށް މައުލޫމާތު ލިބެ އެވެ. އެ ފިލްމުގެ ބައެއް މަންޒަރުތަކުން ތޯގެ ރޯލު ކުޅެފައިވާ ކްރިސް ހެމްސްވޯތު ވެސް ފެނިގެންދާނެ ކަމަށް ބައެއް ނޫސްތަކުން ބުނެ އެވެ.

comment ކޮމެންޓް