ޑާކްރެއިންގެ ފިލްމުތަކުގެ ލިސްޓަށް "ކައިވެނީގެ އަމާޒު"

ޑާކްރެއިންގެ ފިލްމުތަކުގެ ލިސްޓަށް ކައިވެނީގެ އަމާޒު---

ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ލިސްޓަށް "ކައިވެނީގެ އަމާޒު" އިތުރުވެއްޖެއެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން ބުނީ އެ ފިލްމަކީ ރޮމޭންޓިކް ކޮމެޑީ އެއް ކަމަށާއި އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރާނީ "ބަޅިނދު"ގެ ސްކްރިޕްޓްވެސް ތައްޔާރު ކުރާ ހޫދު އިބްރާހީމެވެ.

ޑާކްރެއިނުން ކުރިއަށްވެސް ގިނަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި މި މަހު 15 ވަނަ ދުވަހު ޝޫޓިން ފަށާ ބަޅިނދު ހިމެނެއެވެ. އެއީ ހޫދު އިބްރާހިމް ލިޔެ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ފިލްމެކެވެ. އަދި މޫމިން ފުއާދު ލިޔާ "ބައިސާ"ގެ މަސައްކަތް ވެސް ކުރިއަށް އެބައޮތެވެ.

ފިލްމު ނޮވެމްބަރު އަކީ އެ ކުންފުނިން މިއަހަރު ގެނެސްދޭނެ އެންމެ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް