އައިޔޫމްގެ ހަ ފެކަލްޓީއަކަށް ޑީނުން އައްޔަނުކޮށްފި

އައިޔޫމްއަށް މިއަދު އައްޔަނުކުރި ފެކަލްޓީތަކުގެ ޑީންގެ ބޭފުޅުންނާއެކު އައިޔޫއެމްގެ އިސްވެރިން--- ފޮޓޯ: އައިޔޫއެމް

ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ހަ ފެކަލްޓީއަކަށް ޑީނުން އައްޔަނުކޮށްފި އެވެ.

ފެކަލްޓީތަކުގެ ޑީންތަކަށް އާ ބޭފުޅުން އައްޔަނުކުރީ އެ ފެކަލްޓީތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. މިއަދު އައިޔޫމްއެމްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ބޭފުޅުންނަށް ވަނީ މަގާމުގެ ލިޔުން އަރުވައިފަ އެވެ.

މިއަދު އައްޔަނުކުރި ޑީނުން

  • ޑރ. ޢަބްދުﷲ ޖަމީލް / ގ. ސްޓާރލިންގ އާގެ، ކ.މާލެ (ސެންޓަރ ފޯރ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒް)
  • ޑރ. އިސްމާޢީލް ޝަފީއު / އުލާޖެހިގެ، ގދ. ގައްދޫ (ސެންޓަރ ފޯރ ރިސާރޗް އެންޑް ޕަބްލިކޭޝަން)
  • އިސްހާގު މުހައްމަދުފުޅު / ވިންޓަރގްރީން، ޅ. ނައިފަރު (ކުއްލިއްޔާ އޮފް އެރަބިކް ލެންގްވޭޖް)
  • ޑރ. އާއިޝަތު ރީޝާ / މ. ސްނޯޑަޢުން، ކ. މާލެ ޑީން (ކުއްލިއްޔާ އޮފް އެޑިޔުކޭޝަން)
  • އަހުމަދު ސަލީމް ހުސައިން / ނޫރާނީގެ، ށ. މަރޮށި (ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް)
  • މުހައްމަދު ޝުޖާއު ޢަބްދުލްޙަކީމް / ދިގުވާނޑު. ކަފިއަގެ، ޏ. ފުވައްމުލައް (ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯ)

އެ ބޭފުޅުންނަކީ، އެ މަގާމުތަކަށް އާންމުކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ޔުނިވަސިޓީން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށްފަހު ޔުނިވަސިޓީގެ މަޖިލީހުން ހަތަރު އަހަރުގެ މުއްދަތަށް އައްޔަންކުރި ބޭފުޅުން ކަމަށް އައިޔޫއެމްއިން ބުންޏެވެ.

މިއަދު ޑީންކަމަށް އައްޔަނުކުރި ޑރ. އިސްމާއީލް ޝަފީއު އަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ޑީންކަމަށް އައްޔަންކުރި ޑރ. އަބްދުﷲ ޖަމީލް އަކީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސާ ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

މީގެ އިތުރުން ޑރ. އާއިޝަތު ރީޝާ، އަހުމަދު ސަލީމް ހުސެއިން އަދި މުހައްމަދު ޝުޖާއު އަބްދުލްހަކީމްއަކީ ކުރިންވެސް ޑީންކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުންނެވެ.

comment ކޮމެންޓް