ލޯންޗު އެކްސިޑެންޓުގައި ފަޅުވެރިއެއްގެ ކަންފަތް ބުރިނުވީ ކިރިޔާ

ލޯންޗާއި ޑީންގީޖެހި އެކްސިޑެންޓް ހިނގި ސަރަހައްދު- ފޮޓޯ/ފާރިހް އަހްމަދު

ބ. އަތޮޅުގައި ލޯންޗަކާއި ޑިންގީއެއް އެކްސިޑެންޓްވެ ހިނގި ހާދިސާގައި ލޯންޗުގެ ފަޅުވެރިއެއްގެ ކަންފަތް ބުރި ނުވީ ކިރިޔާ ކަމަށް ބ އަތޮޅު ކައުންސިލުން ބުނެފި އެވެ.

ބ. އަތޮޅު ކައުންސިލުގެ ރައީސް މަބުރޫކް ނަސީރު "ސަން" އަށް ވިދާޅުވީ އެ ހާދިސާގައި އަނިޔާވި ބަނގުލަދޭޝްމީހާގެ ކަންފަތް މިހާރު ފަހައިފައިވާ ކަމަށާއި އޭނާ އަދިވެސް އޮތީ އެޑްމިޓްކޮށްފައި ކަމަށެވެ.

އެ ހާދިސާގައި ލޯންޗް ދުއްވަން އިން 21 އަހަރުގެ އޭދަފުށީ ސަބްނަމުގޭ މުހައްމަދު މުސްތަފާއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެކްސިޑެންޓްގައި އަނިޔާވި ލޯންޗްގެ ކައްޕި--- ފޮޓޯ: އީޓީ

"މުސްތަފާގެ ވާތު ލޯ ލޭއަރާފަ އަތުގެ އެއް އިނގިލި ބިންދައިގެން ގޮސް ހުރީ. ނަމަވެސް އެރޭ ދޫކޮށްލި ހޮސްޕިޓަލުން. ނަމަވެސް އޭގެ އަނެއް ދުވަހު އޭނާ މާބޮޑަށް ސަކަރާތްވެގެން އިމަޖެންސީގައި މާލެ ފޮނުވާލީ. މިހާރު އައިސީޔޫގައި އޮތީ" މަބްރޫކް ވިދާޅުވިއެވެ.

އެ ހާދިސާގައި ލޯންޗް ކެޕްޓަންގެ މޫނުގެ ކަށިގަނޑެއްވެސް ވަނީ ބިނދިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ހާދިސާ ހިނގީ ބ. ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދެކޮޅަށް ދަތުރުކުރަމުން ދިޔަ ދެ އުޅަނދު ޖެހިގެންނެވެ.

އެކްސިޑެންޓްވި ޑިންގީ--

ލޯންޗާ ޖެހި އެކްސިޑެންޓްވި ޑިންގީއާއި އެ ޑިންގީގައި ހުރި އެކަކު އަދިވެސް ނުފެނެ އެވެ. ގެއްލިފައިވަނީ ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ އެވެ. އޭނާ ހޯދުމަށް މިހާރުވެސް ޑައިވް ރޮބޮޓާއި ހެލިކޮޕްޓަރާއި އަދި ކޯސްޓްގާޑުގެ ހާއްސަ ޑައިވަރުންތަކެއް މިހާރުވެސް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ.

ނަސްރުﷲ(ކ) އޭނާގެ އަންހެނުންނާ ދެކުދިންާނާއެކު--- ފޮޓޯ: ފޭސްބުކް

ނަސްރުﷲ އާއިލާއާއެކު ދިރުއުޅެމުން ދިޔައީ މާލޭގައެވެ. އޭނާގެ އަންހެނުން ނިސްބަތްވަނީ ދަރަވަންދޫއަށެެވެ. އޭނާ ދަރަވަންދޫއަށް ދިޔައީ ބޮޑު ބަންދުގައި ޗުއްޓީއަށެެވެ. ޑިންގީ އެކްސިޑެންޓްވިއިރު އޭނާ އުޅުނީ މަހަށް ނުކުމެއެވެ. ނަސްރުﷲ ގެ ދެކުދިންވެސް ތިބެއެވެ.

comment ކޮމެންޓް