ވާރޭ ކޮންޓްރޯލްކުރަން އިންޑޮނީޝިއާގައި ވިލާތަކަށް ކެމިކަލް ޖަަހަން ފަށައިފި

ޖަކާޓާގައި ފެންބޮޑުވެފައި--- ފޮޓޯ: ރޮއިޓާސް

އިންޑޮނީޝިއާގެ ވެރިއަށް ޖަކާޓާއަށް ވާރޭ ވެހޭވަރު އިތުރުވެ ކޮންޓްރޯލް ނުވެގެން ވިލާތަކަށް ކެމިކަލް ޖަހަން ފަށައިފި އެވެ.

އާ އަހަރަށް ފަހު ވެހެން ފެށި ވިއްސާރައާ އެކު ވެރިރަށުގައި މިހާރު ވަނީ ފެންބޮޑުވެފަ އެވެ. ފެންބޮޑުވުމާ ގުޅިގެން މިހާތަނަށް 43 މީހުން މަރުވެ 192،000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފަ އެވެ.

އިންޑޮނީޝިއާގެ ޓެކްނޮލިޖީ އޭޖެންސީއިން ބީޕީޕީޓީން ބުނީ ކެމިކަލް ޖަހަމުންދަނީ ޖަކާޓާއަށް ދިމާއަށް ދަތުރުކުރާ ވިލާތަކަށް ކަމަށެވެ. ބޯޓުތައް ބޭނުންކޮށް އެގޮތަށް ކެމިކަލް ޖެހުމުން އެ ވާރޭ ވިލާތަކުގައި ފެންތައް ޖަކާޓާއާ ދިމާލަށް ދިއުމުގެ ކުރިން އެހެން ހިސާބުތަކަށް ވެހޭނެ އެވެ.

ޖަކާޓާގެ އެކި ހިސާބުތަކުގައި ފެންބޮޑުވެފައިވާ އިރު ފެންގަނޑު ހިއްކުމަށް ޕަމްޕްވެސް ބޭނުންކުރަމުން ދެ އެވެ. ނަމަވެސް އެ ސަރަހައްދުތަކުގައި ކިސަޑާއި ކުނިތައް ގިނަކަމުން މީހުން އެނބުރި ނާދެ އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިންޑޮނީޝިއާއަށް އެންމެ ގިނައިން އެއް ދުވަސްތަރޭ މި އަހަރު 350 މިލިމީޓަރަށް ވުރެ ގިނަ ވާރޭ ވަނީ ވެހިފަ އެވެ. މިއީ 2007 ވަނަ އަހަރު ފަހުން އެއް ދުވަސްތެރޭ އެހާގިނައިން ވާރޭ ވެހުނު ފުރަތަމަ ދުވަހެވެ.

ޖަކާޓާއަކީ ވަރަށް އާންމުކޮށް ފެންބޮޑުވާ ރަށެެއް ވެސް މެ އެވެ. އެކަމާ ގުޅިގެން އިންޑޮނީޝިއާގެ ވެރިރަށް އެހެން ރަށަކަަށް ބަދަލުކުރަން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް