މުފްތީ މެންކް މާލެ، އައްޑޫ އަދި ކުޅުދުއްފުށީގައި ދަރުސް ދެއްވާނެ

ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މުފްތީ މެންކް ވާހަކަ ދައްކަވަނީ---ފަޔާޒު މޫސާ

ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް މިމަހުގެ 14 ގައި ރާއްޖެ ވަޑައިގަންންވާގޮތަށް ހަމަޖެހިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އެ މިނިސްޓްރީގެ ދައުވަތަކަށް އޭނާ ކުރައްވާ ދަތުރެއް ކަަމަށެވެ.

މުފްތީ މެންކުގެ ދަތުރުގައި މާލެއާއި އައްޑޫ ސިޓީ އަދި ކުޅުއްދުއްފުށީ ސިޓީގައި އޭނާ ދީނީ ދަރުސް ދެއްވާނެ ކަަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ޒުވާނުންނަށާއި ދީނީ ޢިލްމުވެރިންނަށް ހާއްސަ ދީނީ ޕްރޮގްރާމްތަކެއްވެސް ކުރިއައް ގެންދާ ހަމަޖެހިފަިއވާ ކަަމަށްވެސް މިިނިސްޓްރީން ބުންޏެވެ.

އެގޮތުން ޒުވާނުންގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ޒުވާނުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވާނެކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ދަރުސްތައް ބާއްވާނެތަން ވަރަށް އަވަހަށް އިއުލާންކުރާނެކަަމަށް މިނިސްޓްރީން ބުންޏެވެ.

މުފްތީ މެންކް މިމަހުގެ 18 އާ ހަމައަށް ރާއްޖޭގައި މަޑުކުރައްވާނެއެވެ.

މުފްތީ މެންކް މީގެ ކުރިންވެސް މާލެއާއި އައްޑޫ ސިޓީގައި ވަނީ ދަރުސްތައް ދެއްވައިފައެވެ.

އިރުމަތީ އެފްރިކާ އަދި އެނޫން ސަރަހައްދުތަކުގެ ގައުމުތަކުގައިވެސް ގިނަ ތަގުރީރުތަކެއް ދެއްވަމުން ގެންދަވާ ޝެއިޚް މުފްތީ އަކީ ޒިމްބާބުވޭގެ މުސްލިމު އާބާދީއަށް އިސްލާމީ ތައުލީމު ފޯރުކޮށްދޭ މަޖްލީސުއް އުލަމާގެ ދަށުން ހިންގަމުން އަންނަ އިސްލާމީ އެޑިއުކޭޝަން ސެންޓަރު ނުވަތަ ދާރުލް އިލްމުގެ ޑިރެކްޓަރެވެ.

comment ކޮމެންޓް