ބްރިޖުން ދަތުރުކުރި ސައިކަލަކުން ބަނގުރާ ފެނިއްޖެ

ރޭ ހިފެހެއްޓި ސައިކަލުގައި އޮތް ބަގުރާ އަޅާފައި ހުރި ފުޅި -- ފޮޓޯ: ފުލުހުން

ސިނަމާލެ ބްރިޖުން ދަތުރުކުރި ސައިކަލަކުން ބަނގުރާ ފެނިއްޖެ އެވެ،

ފުލުހުން ބުނީ ރޭ ބްރިޖުން ދަތުރުކުރި ސައިކަލެއް ހުޅުލެ އަށް ދާން އަޅަން އޮންނަ ސަރަހައްދުގައި ހުންނަ ޓްރެފިކް ލައިޓް ރަތް ވެފައި ހުއްޓާ މަޑުނުކޮށް ދިޔުމުން އެ ސައިކަލު ހުއްޓުވާ ބަލައި ފާސްކުރި އިރު ބަނގުރާ ހުރި ފުޅިއެއް ފެނިފައިވާ ކަމަށެވެ.

އެސައިކަލު ދުއްވަން އިން މީހާ އަތުގައި ލައިސަންސް ނެތް ކަމަށާއި ލައިސަންސް ނެތުމުން އެކަމަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސައިކަލުން ބަނގުރާ ފެނުނު މައްސަލާގައި މީހަކު ހައްޔަރުކޮށް މައްސަލަ ބަލަމުންދާ ކަމަށެވެ.

މާލެ އާއި އަތޮޅުތެރޭގައި ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަންނަމުންދާއިރު އިއްޔެވެސް މާފުށީގައި ހިންގި އޮޕަރޭޝަނެއްގައި އެރަށުގައި ހަދަމުންދާ އިމާރާތެއްގެ ތެރެއިން ބަނގުރާ އަތުލައިގެންފައިވެ އެވެ.

comment ކޮމެންޓް