މާފުށިން 21 ފުޅި ބަނގުރާ އަތުލައިގެންފި

މާފުށިން އަތުލައިގަތް ބަނގުރާ -- ޕޮޓޯ : ފުލުހުން

ކ. މާފުށިން 21 ފުލި ބަނގުރާ އަތުލައިގެންފިއެވެ.

ފުލުހުން ބުނީ މާފުށީގައި ބަނގުރާ ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މިއަދު މެންދުރު 14:25 ހާއިރު އެރަށުގައި ހަދަމުންދާ އިމާރާތެއްގެ ތެރެއިން ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 21 ފުޅި ފެނިފައިވާ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި ވެސް މާފުށިން ވަނީ ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފައެވެ.

comment ކޮމެންޓް