އިސްލާމިކް މިނިސްޓްރީގެ އޮނިގަނޑު އިސްލާހްކޮށް 23 އާ ވަޒީފާއެއްް ހުޅުވާލައިފި

އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

އިސްލާމިކް މިނިސްޓްރީގެ އޮނިގަނޑު އިސްލާހްކޮށް 23 އާ ވަޒީފާއެއްް ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެ މިނިސްޓްރީގެ އޮނިގަނޑު އިސްލާހްކުރުމަށް ފިނޭންސްއަށް ހުށަހެޅިކަމަށާއި އަދި އެ އޮނިގަނޑު ފާސްވީ މިދިޔަ އަހަރު ފަހުކޮޅު ކަމަށެވެ.

އޮނިގަނޑަށް ބަދަލުގެނައިރު އެއްވެސް ސިޔާސީ މަގާމެއް އިތުރުކުރަން ހުށަނާޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިނިސްޓްރީގައި ވަރަށް މަދުވާނެ ޑިރެކްޓަރުން. މުޅިން ކަހަލަ ގޮތަކަށް އުޅޭނީ އެސިސްޓެންޑް ޑިރެކްޓަރުން. ދެން ބައެއް ޑިޕާޓްމަންޓްތަކުގައި މީހުން ވަރަށް މަދުވާނެ." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު އަލަށް ހުޅުވާލި ވަޒީފާތަކުގެ ތެރޭގައި ތިން ޑިރެކްޓަރުންނާއި ދެ އެސިސްޓެންޓް ޑިރެކްޓަރުންނާއި އެޑްމިނިސްޓްރިސްޓޭޓިވް އޮފިސަރުންނާއި ޓެކްނީޝަނުން ހިމެނެ އެވެ.

އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ސްޓޫޑިއޯއަށް ޕްރޮޑިއުސަރުންނާއި ޕްރޮގްރާމް އޮފިސަރުން ވެސް ހޯދަން އިއުލާންކުރި އެވެ.

comment ކޮމެންޓް