މި އަހަރު އާ 30 އިންޖީނުގޭގެ މަސައްކަތް ނިމެނޭ: ފެނަކަ

ދ. ހުޅުދެލީގައި ފެނަކައިން އަލަށް އަޅާ އިންޖީނުގޭގެ ތެރެއިން----ފޮޓޯ: ފެނަކަ

ފެނަކައިން މި އަހަރު އެކި ރަށްރަށުގައި އާ 30 އިންޖީނުގެ އަޅައި ހިދުމަތް ދޭން ފަށާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ރަށްރަށުގެ އިންޖީނުގެތައް މީހުން އުޅޭ ސަރަޙައްދުތަކުން އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމަށް ފެނަކައިން ހިންގާ މަޝްރޫޢުތަކުގެ ދަށުން 21 ރަށެއްގައި ފެށި މަސައްކަތްތަކުގެ ބައެއް މަސައްކަތްތައް ވަނީ ނިމިފަ އެވެ. އެގޮތުން ހއ. ތަކަންދޫއާއި ތ. އޮމަދޫ އަދި ށ. ޅައިމަގުގެ އިންޖީނުގޭގެ މަަސައްކަތްތަކުގެ ތެރެއިން 99 ޕަސެންޓް މިހާރު ވަނީ ނިންމައިފަ އެވެ.

ފެނަކައިން އިތުރު ރަށްރަށުގެ އަޅަން ފެށި އިންޖީނުގެތަކުގެ މަސައްކަތް ނިމުނުވަރު

  • ނ. މަގޫދޫ: 40 ޕަސެންޓް މަސައްކަތް ނިމިފައި
  • ނ. ހެނބަދޫ: 40 ޕަސެންޓް މަސައްކަތް ނިމިފައި
  • ނ. މާޅެންދޫ: 82 ޕަސެންޓް މަސައްކަތް ނިމިފައި
  • ބ. ދޮންފަނު: 85 ޕަސެންޓް މަސައްކަތް ނިމިފައި
  • ބ. ހިތާދޫ: 43 ޕަސެންޓް މަސައްކަތް ނިމިފައި
  • ފ. ބިލެއްދޫ: 50 ޕަސެންޓް މަސައްކަތް ނިމިފައި
  • ލ. މާމެންދޫ: 33 ޕަސެންޓް މަސައްކަތް ނިމިފައި
  • ރ. ފައިނު: 50 ޕަސެންޓް މަސައްކަތް ނިމިފައި
  • މ. ވޭވަށް: 43 ޕަސެންޓް މަސައްކަތް ނިމިފައި
  • ށ. ނަރުދޫ: 35 ޕަސެންޓް މަސައްކަތް ނިމިފައި
  • ބ. ފުޅަދޫ: 17 ޕަސެންޓް މަސައްކަތް ނިމިފައި
  • މ. ނާލައިފުށި: 40 ޕަސެންޓް މަސައްކަތް ނިމިފައި
  • ދ. ހުޅުދެލި: 25 ޕަސެންޓް މަސައްކަތް ނިމިފައި
  • ގއ. ނިލަންދޫ: 15 ޕަސެންޓް މަސައްކަތް ނިމިފައި
  • ގއ. މާމެންދޫ: 55 ޕަސެންޓް މަސައްކަތް ނިމިފައި
  • ފ. ފީއަލި: 11 ޕަސެންޓް މަސައްކަތް ނިމިފައި
  • ހއ. އުލިގަމު: 10 ޕަސެންޓް މަސައްކަތް ނިމިފައި
  • ހދ. ފިނޭ: 12 ޕަސެންޓް މަސައްކަތް ނިމިފައި

ގދ. ނަޑެއްލާއާއި ގދ. ތިނަދޫ، ށ. ފޯކައިދޫ، ނ. މިލަދޫ، ށ. ބިލެތްފަހި އަދި. ނ. ކެނދިކޮޅުދޫގައި އާން އިންޖީނުގެތައް އަޅަން ސޮއިކުރިޔަސް އެ ތަންތަނުގެ މަސައްކަތް އަދި ނުފެށެ އެވެ.

ލ. މާމެންދޫގައި ފެނަކައިން އަލަށް އިންޖީނުގޭގެ ތެރެއިން----ފޮޓޯ: ފެނަކަ

އޭގެ އިތުރުން ގއ. ވިލިނގިލި، ރ. ރަސްމާދޫ އަދި ހއ. އުތީމުގެ އިންޖީނުގެތައް އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުުރުމުގެ އިތުރުން، އައްޑޫ އަތޮޅުގައި ސެންޓްރަލް ޕަވަރ ޕްލާންޓެއް ގާއިމްކުރުމަށް 2019 ވަނަ އަހަރު ހިފުނު އަމާޒުގެ މަތިން، މިމަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަރުޙަލާއަށް ވާސިލްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ އެ ކުންފުނިން އަލަށް ޢިމާރާތް ކުރާ ކޮންމެ އިންޖީނުގެއެއްގައި ޒަމާނީ ފެންވަރުގެ އޮފީސް ޢިމާރާތްތަކާއި ފިއުލް ސްޓޯރޭޖް އަދި ޗިމްނީ ޢިމާރާތްކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން އާއިންޖީނުގެތައް ހުޅުވޭއިރު ނެޓްވޯކް އަޕްގްރޭޑްކުރެވި މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ޤަވާޢިދުތަކާ އެއްގޮތްވ ާގޮތުގެ މަތިން 70 ޑެސިބެލް އަށްވުރެ މަތިނުވާނެހެން، ސައުންޑް އެޓެނުއޭޓަރ ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށެވެ.

ޗިމްނީގެ އެހީގައި އިންޖީނުގެއިން އަރާ ދުމުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަވެގެންދާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

comment ކޮމެންޓް