ރައީސް މައުމޫންގެ ހާލުކޮޅު މިހާރު ވަރަށް ރަނގަޅު: އާއިލާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ވަރަށް ރަނގަޅު ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފި އެވެ.

ރައީސް މައުމޫން އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

ރައީސް މައުމޫން އެޑްމިޓްކުރީ ރޯގާ ދިގުލާތީ ޓެސްޓުތަކެއް ހެދުމަށެވެ.

ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ ހާލުކޮޅު ވަރަށް ރަނގަޅު ކަމަށާއި، އެމަނިކުފާނަށް ފަރުވާ ދެއްވަމުން ގެންދަވާ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރައީސް މައުމޫން ހޮސްޕިޓަލުގައި އެޑިމިޓް ކުރީ އާލާސްކަންފުޅާ އުޅުއްވާތާ ދެތިން ދުވަހެއް ފަހުން ކަމަށް މައުލޫމާތު ލިބެ އެވެ.

comment ކޮމެންޓް