2020ގައި ކަމުދާނެ ބައެއް ފެޝަން ޓްރެންޑްތައް!

ޑިޒައިނާ ކަލެކްޝަންއެއް --ފޮޓޯ:ބީބީސީ

އާ އަހަރަކާ އެކު، ހެދުން އެޅުމާއި، ރީތިވުމުގެ ސްޓައިލްތަކަށް ވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައުން ގާތެވެ. އެއިރެއްގައި ޒަމާނީ އޮއެވަރުގައި، އެންމެ ޓްރެންޑިން ގޮތްތަކަށް އަހަރެމެންވެސް ނިކަން ފޯރީގައި އިންތިޒާރު ކުރާއިރު، މިއީ ބީބީސީގެ ސްޓައިލް އެޑިޓާ ބެލް ޖެކޮބްސްގެ ހޮވުންތަކެވެ.

ކްރާފްޓް މަސައްކަތް

ޖެކޮބްސް ބުނާގޮތުން ކްރާފްޓް މަސައްކަތް ހިމެނޭ ހެދުންތަކަކީ 2020ގައި ހިނގާނެ އަދި ވަރަށް ފުރިހަމަ ސްޓައިލެކެވެ. ގަދީމީ މަސައްކަތްތެރިންނާޢި އަތްތެރި މަސައްކަތުގައި މިއަދު ވެސް ދެމިތިބި މަދުބައެއްގެ ހުނަރުވެރިކަމާއި މި ފަންނު ދިރުވާއާލާކުރުމުގައި މިއީ މުހިންމު ކަމަކަށްވާ އިރު، ޑިޒައިނާ އެލެކްސެންޑާ މެކުއީން، ސާރާ ބާޓަންގެ ހެދުންތަކުންވަނީ ފަހުން މި ޓްރެންޑް ދައްކުވައިދީފަ އެވެ.

ޑިޒައިނާ ކަލެކްޝަންއެއް --ފޮޓޯ:ބީބީސީ

ކުރީގެ ހެދުންތައް ޓްވިސްޓަކާއި އެކު

މިއީ އަބަދުވެސް ފެޝަންގެ ދުނިޔޭގައި ދައުރުވަމުން އަންނަ އާދައެކެވެ. މާ ކުރީގެ ކްލެސިކް ހެދުންތައް އަލުން އަނބުރާ އިޔާދަވުމެވެ. މިގޮތުން 2020ގައި ވެސް 1990ގެ އަހަރުތަކުގެ ބައެއް ޓްރެންޑްތައް ފެންނާނެކަމަށް ލަފާކުރެވެ އެވެ. މިގޮތުން މާރކް ޖެކޮބްސްއާޢި ޖޭޑަބްލިޔު އެންޑާރސަންގެ ހެދުންތަކުން ވަނީ މި ޓްރެންޑްތައް ފެނިގެން ގޮސްފަ އެވެ.

ޑިޒައިނާ ކަލެކްޝަންއެއް --ފޮޓޯ:ބީބީސީ

ސޫޓްސް

ސޫޓްސް ނުވަތަ ކޯޓު ފަޓުލޫނަކީ އަބަދުހެންމެ މީހުން ލައިއުޅޭ އެއްޗެކެވެ. ނަމަވެސް މި ފަހަކުން، މި ކޯޓު ފަޓުލޫނުގެ އައިޑިއާ ބޭނުންކޮށްގެން އެކި ޑިޒައިންތަކުގެ ހެދުންތައް ފަރުމާކުރެވެމުންދެ އެވެ. މިގޮތުން މިފަހުން އެންމެ ޓްރެންޑްވާނެ ކަމަށްބެލެވެނީ ގަޔަށް ދޫކޮށް، ދިގުކޮށް އަދި ފައި ސްޓްރެއިޓްކޮށް ހުންނަ ކޯޓު ފަޓުލޫނުތަކެވެ. މިއީ ވަރަށް ގިނައިން ވިކްޓޯރިއާ ބެކަމް ބޭނުންކުރާ ސްޓައިލެއްކަންވެސް ފާހަގަކުރެވެ އެވެ.

ޑިޒައިނާ ކަލެކްޝަންއެއް --ފޮޓޯ:ބީބީސީ

ބްލޮކް ކުލަތައް

މި ސީޒަންގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުލަސެޓަކީ ބްލޮކް ކުލަތަކެވެ. ސްޓެލާ މެކްކާޓްނީގެ މި ގްރީޝަން ހެދުމާއި، މޮލީ ގޮޑާޑްގެ ޓުލޭ ގައުންގެ އިތުރުން ޕްރީންސް ފުލުއިޑްގެ އެންމެ ވަރުގަދަ މި ހެދުންތަކަކީ، މި އަހަރު އެންމެ ވަރުގަދައަށް ހިނގާނޭ އެއް ކުލަސެޓުކަމަށް ގަބޫލުކުރެވެ އެވެ.

ޑިޒައިނާ ކަލެކްޝަންއެއް --ފޮޓޯ:ބީބީސީ

ދިގު އަދި ގަޔަށް ދޫ

މި ދުވަސްވަރުގެ ޑިޒައިނާ ކަލެކްޝަންތަކުގައި ފިރިހެނުންގެ ހެދުންތައް އާންމުކޮށް ފެންނަނީ އިރުމަތީ ހިސާބުތަކުން އިންސްޕަޔާވެގެން ފަރުމާކޮށް ފަހު ހުންނަ ގަޔަށް ދޫ ދިގު ސްޓައިލްތަކެވެ. ޓުނިކްސް، ކަފްތާން އަދި ދިގުގަމީސްތައް ރަންވޭތަކުގައި ވިދާލާފައިވާއިރު، ބޮހޭމިއަން ޑިޒައިންތައް މާބޮޑަށްވެސް އުޅެނީ ކުރީގަ އެވެ.

ޑިޒައިނާ ކަލެކްޝަންއެއް --ފޮޓޯ:ބީބީސީ

ޝިއާ ސްޓައިލް

އަންހެނުންނާއި ޚިލާފަށް މިއަހަރު ފިރިހެނުންގެ ކުލަތަކަކީ އައިސްކްރީމް ޝޭޑްކަމަށް ޖެކޮބްސް ބުނާއިރު، ޝިއާ ސްޓައިލް ފިރިހެނުންނަށް ވަރަށް ކަމުދާނެކަމަށް ވެސް އޭނާ ލަފާކުރެ އެވެ. ލުއި ވިޓޯން އަދި ޑިއޯގެ ކަލެކްޝަންތަކުގައި ޝިއާ ނުވަތަ ކުޑަކޮށް ސީ-ތްރޫ ގޮތެއް ހުންނައިރު، މި ހައިވެއިސްޓެޑް ލުކްއަކީވެސް މިފަހަރުގެ އެންމެ ކާމިޔާބު އެއް ލުކް އެވެ.

ޑިޒައިނާ ކަލެކްޝަންއެއް --ފޮޓޯ:ބީބީސީ

ޕެޓާން ޕްރިންޓް

މިފަހަކުން ޕެޓާން އަދި ޕްރިންޓް ޑިޒައިންތައް މިވަނީ މާބޮޑަށް ވެސް ވައިގައި ހިފާފަ އެވެ. ގްރެފިކްސް، ފްލޯރަލް އަދި ލެޕާޑް ޕްރިންޓް ޑިޒައިންތަކެއް މިފަހުގެ މަޝްހޫރު ބްރޭންޑްތަކުގެ ކަލެކްޝަންތަކުން ފެންނަމުންދާ އިރު، މިފަހަރު ފިރިހެނުން މިވަނީ މި ސްޓައިލް މާ ބޮޑަށްވެސް ގުޅުވާލާފަ އެވެ.

comment ކޮމެންޓް