ކަސޯޓީގެ ސެޓުގައި އާމްނާ އަށް އަނިޔާވެއްޖެ

އާމްނާ ޝަރީފް--

ސްޓާޕްލަސް އިން މިހާރު ދައްކަމުން އަންނަ ހިންދީ ޑްރާމާ ސިލްސިލާ ކަސޯޓީ ޒިންދަގީ ކޭގައި ކޮމޯލިކާގެ ރޯލު ކުޅެމުން އަންނަ އާމްނާ ޝަރީފަށް އަނިޔާވެއްޖެ އެވެ.

އޭނާގެ ފައިގެ ކުޑަހުޅަށް އަނިޔާވެފައިވާއިރު މިހާރު ވަނީ އޭނާ ފުރޮޅުލީ ގޮނޑިއެއްގައި އިންދާ ނަގާފައިވާ ވީޑީއޯއެއް އާންމުވެފަ އެވެ. އާމްނާ ބުނީ އޭނާގެ ކުޑަހުޅަށް އަނިޔާވީ ވެއްޓިގެން ކަމަށެވެ. އަނިޔާވި ނަމަވެސް ޑްރާމާގެ ޝޫޓިން ކުރިއަށްދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އާމްނާ އަކީ "ކަހީ ތޯ ހޯގާ"ގައި ކަޝިޝްގެ ރޯލުން މަޝްހޫރުވި ބަތަލާ އެވެ. އޭނާ ވަނީ މީގެ ކުރިން ރާއްޖެ އައިސް ފިލްމީތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އާ އެކު ލަވައެއް ވެސް ކުޅެފަ އެވެ.

ދެހާސް އެއް ވަނަ އަހަރު ކަސޯޓީ ދައްކަން ފެށިއިރު އެޝޯގައި ކޯމަލިކާގެ ރޯލުން ފެނުނީ އުރްވަޝީ ދޮލާކިއާ އެވެ. މިފަހަރުގެ ސިލްސިލާއިން ޕްރޭނާގެ ރޯލުން ފެންނަނީ އެރިކާ ފެނަންޑޭޒް އެވެ. އަދި އޭނާގެ ލޯބިވެރިޔާ އަނޫރާގުގެ ރޯލު ކުޅެނީ ޕާތު ސަމްތާން އެވެ.

comment ކޮމެންޓް