ކުޑަ އަންހެން ކުއްޖަކާ އެކު ބަނގުރާ ބޯން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ފުލުހުން އަތުލައިގަތް ބަނގުރާ ހުރި 500 އެމްއެލްގެ ފުޅިއެއް --- ފޮޓޯ: ޕޮލިސް މީޑިއާ

ކުޑަ އަންހެން ކުއްޖަކާ އެކު ބަނގުރާ ބޯން އުޅުނު ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނީ އެ މައްސަލައިގައި ލ. ގަމުން ހައްޔަރުކުރީ 16 އަހަރުގެ އަންހެން ކުއްޖަކާއި 22، 33، 40 އަހަރުގެ ތިން ފިރިހެނުން ކަމަށެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ލ. ގަން ތުނޑީގެ ދެކުުނު ފަރާތުން އެމީހުން ހައްޔަރުކުރީ ރޭ 09:00 ކަންކާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި ބަނގުރާ ހުރި 500 އެމްއެލްގެ ފުޅިއެއް އަތުލައިގަތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އާއަހަރު ފާހަގަ ކުރުމަށް ބަޔަކު ބޭނުން ކުރަން ތައްޔާރުކޮށްފައި ހުރި ބަނގުރާފުޅިތަކެއް ފުލުހުން ވަނުމުން މަގުމައްޗަށް އުކާލި ހާދިސާއެއް ވެސް ރޭ ވަނީ ފެންމަތިވެފަ އެވެ.

އާ އަހަރާ ދިމާކޮށް އެކި ކުށްތަކަށް އަރައިގަންނަ ފަރާތްތައް ހޯދައި މަސްތުވާތަކެއްޗާއި ރާ އަތުލައިގަތުމަށް ފުލުހުން މިހާރު ދަނީ ހާއްސަ އޮޕަރޭޝަނެއްވެސް ހިންގަމުންނެވެ.

comment ކޮމެންޓް