ޕާޓީ ޑްރަގްސްއާ އެކު ނައިފަރުން މީހަކު ހައްޔަރު ކޮށްފި

ޅ. ނައިފަރު -- ސަން ފޮޓޯ: އަހުމަދު ހަސަން

ޕާޓީ ޑްރަގްސް އާ އެކު ޅ. ނައިފަރުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 6:02ގައި ނައިފަރު ފުލުހުން އެރަށުގައި ހިންގި އޮޕަރޭޝަނެއްގައި 31 ގުޅަ ޕާޓީ ޑްރަގްސް އާ އެކު ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އާ އަހަރާ ދިމާކޮށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ އިރު ރޭ މާލޭގެ މަގެއްގެ މަތިން ދަބަހަކަށް ލައިގެން އުޅުނު ރާފުޅިތަކެއް ފުލުހުން ވަނީ އަތުލައިގެންފަ އެވެ.

comment ކޮމެންޓް