މަރާޔާގެ ޓުވިޓާ އެކައުންޓް ހެކް ކޮށްފި

މަރާޔާ ކޭރި ކްރިސްމަސް ޝޯއެއްގައި ޕަފޯމް ކުރަނީ --- ފޮޓޯ : ވަރައިޓީ

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރާޔާ ކޭރީގެ ޓުވިޓާ އެކައުންޓް ހެކްކޮށްލައިފި އެވެ.

އާ އަހަރާ ދިމާކޮށް މަރާޔާ ކޭރީގެ ޓުވިޓާ އެކައުންޓް ހެކް ކޮށްފައި ވަނީ މަޝްހޫރު ފަންނާނުންގެ ޓުވިޓާ އެކައުންޓް ހެކް ކުރާ ކަމަށް ބުނާ ފަރާތެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

އިއްޔެ އިރު އޮއްސުނު ފަހުން މަރާޔާގެ އެކައުންޓް ހެކް ކޮށްފައިވާ އިރު، ހެކް ކުރި ފަރާތް ވަނީ 50 އަށް ވުރެ ގިނަ ޓުވީޓް އެ އެކައުންޓުން ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ޓުވީޓުތަކަކީ ކޮންމެވެސް އެހެން ފަންނާނަކަށް މަލާމަތް ކުރާގޮތަށް ކޮށްފައިވާ ޓުވީޓްތަކެކެވެ.

މަރާޔާގެ 21.1 މިލިއަން ފޮލޮވާސް ތިބިއިރު އޭނާގެ ފޮލޮވަރުންނަށް އެކި ކަހަލަ ދޮގު ހަދާފައިވާ ޓުވީޓްތަކެއް ވެސް ވަނީ ކޮށްފަ އެވެ.

އޭނާގެ އެކައުންޓް ހެކް ކޮށްފައި ވަނީ ގިނަ ބައެއްގެ ޓުވިޓާ ހެކް ކުރާ ފަރާތެއް ކަމަށްވާ ޗަކްލިން ސްކުއޮޮޑް އެވެ. އެ ފަރާތްތައް ވަނީ ޓުވިޓާގެ ސީއީއޯ ޖެކް ޑޯސޭގެ ހޭންޑްލް ވެސް ހެކް ކޮށްފަ އެވެ.

comment ކޮމެންޓް