މަޑުމަޑުން އަދުލު އިންސާފު ކަށަވަރުކޮށްދޭނަން: ޕީޖީ ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މަޑުމަޑުން އަދުލު އިންސާފު ކަަށަވަރުކޮށްދޭނެކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރ. މަޑުއްވަރީގައި 13 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުން ކައިވެނިކޮށް ވިހެއި މައްސަލައިގައި، އެކުއްޖާގެ ބެލެނިވެރި 2 މީހުންގެ ތެރެއިން އެކެއްގެ މައްޗަށް ހަތަރު ދައުވާ، އަނެކެއްގެ މައްޗަށް އެއް ދައުވާކޮށް، ކުރިމިނަލް ކޯޓަށް މިއަދު ވަނީ ހުށަހަޅައިފައެވެ.

އެކަމާ ގުޅިގެން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޑުމަޑުން, އިތުބާރު ހޯދައި، އިރާދަކުރެއްވިއްޔާ އަމާންކަމާއި ރައްކާތެރިކަމާއި، ޢަދުލު އިންޞާފު ކަށަވަރު ކޮށްދޭނެ ކަމަށެވެ.

ކުޑަކުއްޖާގެ މައްސަލައިގައި ކުއްޖާގެ މަންމައަށް ހަތަރު ދައުވާއެއް އުފުލާފައި ވާއިރު، ބައްޕައަށް އުފުލާފައި ވަނީ އެއް ދައުވާއެވެ.

އުމުރުން 13 އަހަރު ކުއްޖާގެ މައިންބަފައިން ހައްޔަރުކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދެމީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފެށީ ކުދިން ބެލުމުގައި އިހުމާލުވި ކަމުގެ ތުހުމަތުގައެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން "ކައިވެނި"ކޮށް ބަލިވެއިނދެ ވިހޭކަން ހާމަވީ ދީނީ ހަރުކަށި ފިކުރުމުގެ ބައެއްގެ މެދުގައި މިފަހުން ހިނގި ހަމަނުޖެހުމެއްގައި ދޯންޏެއްގެ ތެރޭގައި ޒަހަމްކޮށްލި ޒުވާނާ، އެ ކުއްޖާއާ ކައިވެނިކޮށްގެން އުޅޭ ކަމަށް "ސަން"ގައި ރިޕޯޓުކުރި ކުރުމުން އެވެ.

އެކުއްޖާއާ ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނާ ރ. މަޑުއްވަރީ ފެހިއަލި، އިސްމާއީލް ހައްމާދު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ މައްޗަށް ޖިންސީ ނިޔަތެއް އޮވެ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ދައުވާ ވަނީ އުފުލައިފައެވެ.

comment ކޮމެންޓް