އޮބާމާއަށް އެންމެ ކަމުދަނީ ބިޔޯންސޭ އާއި ލިޒޯ

ބަރަކް އޮބާމާ، ލޭޓް ނައިޓް ޝޯ އެއް ކަމަށްވާ ޖިމީ ކިމެލް ޝޯގައި --- ފޮޓޯ : ސީބީއެސް

އެމެރިކާގެ ކުރީގެ ރައީސް ކަމަށްވާ ބަރަކް އޮބާމާއަށް އެންމެ ކަމުދާ ފަންނާނުންނަކީ ބިޔޯންސޭ އާއި ލިޒޯ އަދި ލިލް ނަސް އެކްސް ކަމަށް އެމަނިކުފާނު ހާމަކުރައްވައިފި އެވެ.

އަހަރު ނިމުމަކަށް އައި އިރު މި އަހަރުގައި އޮބާމާއަށް އެންމެ ކަމުގޮސްފައިވާ ލަވަތަކާއި އާޓިސްޓު އަދި ފިލްމުތަކުގެ ލިސްޓެއް ވަނީ އެމަނިކުފާނު އާންމުކުރައްވާފައެވެ.

އެމަނިކުފާނު އާންމުކުރެއްވި ލިސްޓުގައިވާގޮތުން އެމަނިކުފާނަށް އެންމެ ކަމުދާ އާޓިސްޓުންނަކީ ލިޒޯ އާއި ބިޔޯންސޭ އާއި ލިލް ނަސް އެކްސްގެ އާއި ބްރޫސް ސްޕްރިންގްސްޓީން އަދި މެގީ ރޯޖާސް އެވެ.

އަދި އެންމެ ކަމުދާ ލަވަތަކުގެ ތެރޭގައި ލިޒޯގެ "ޖޫސް" އާއި އެލީޝިއާ ކީސްގެ "އިން މައި ރޫމް" އަދި މިގެލްގެ "ޝޯ މީ ލަވް" ފަދަ ލަވަތައް ހިމެނެއެވެ.

އޮބާމާގެ މިއުޒިކްގެ ޕްލޭލިސްޓެއްވެސް ވަނީ ސްޕޮޓިފައިގައި ތައްޔާރުކޮށްފައެވެ. އެ ޕްލޭ ލިސްޓުގައި ހިޕް ހޮޕް މިއުޒިކް އާއި ކަންޓްރީ މިއުޒިކް ވަރަށް ގިނައެވެ.

އެމަނިކުފާނު ވިދާޅުވީ އެ ޕްލޭލިސްޓުގައި ހިމެނޭ ލަވަތަކަކީ ބުރެއް ޖަހާލަން ދާއިރު އަދި މަސައްކަތް ކުރާއިރުވެސް ޖަހަން ކަމުދާނެ ލަވަތައް ކަމަށެވެ.

comment ކޮމެންޓް