ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިން ބުނެފި

ރައީސް މައުމޫން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފި އެވެ.

ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން މިއަދު ހޮސްޕިޓަލްގައި އެޑްމިޓްކުރީ ރޯގާ ދިގުލާތީ ޓެސްޓުތައް ހެދުމަށް ކަމަށެވެ.

"މައުމޫންގެ ހާލުކޮޅު އިރާދަކުރެއްވިިިއްޔާ ރަނގަޅު. ހުރިހާ ބޭފުޅުންގެ ހެޔޮ ދުޢާއަށް ޝުކުރު ދަންނަވަން." ޔުމްނާގެ ޓުވީޓުގައިވެ އެވެ.

ރައީސް މައުމޫން އައިޖީއެމްއެޗްގައި އެޑްމިޓްކުރީ ރޭ ފަތިހު އެވެ.

އިއްޔެ އަކީ މައުމޫންގެ 82 ވަނަ އުފަން ދުވަހެވެ. އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތާ ދެތިން ދުވަހެއް ވެފައިވާ ކަމަށްވެ އެވެ.

comment ކޮމެންޓް