މުސްކުޅިއެއްގެ ގެއިން ވައްކަންކުރިކަމަށް ބެލެވޭ މީހާ ދޫކޮށްލައިފި

މުސްކުޅިން ދިރިއުޅުނުގެއިން ވައްކަންކޮށް ތަކެއްޗަށް ގެއްލުން ދީފައި---ފޮޓޯ: ޕޮލިސް

ގދ. ގައްދޫގައި އުމުރުން ދުވަސްވީ ދެމަފިރިންގެ ގެއިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

އެ ވައްކަން ކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ފަތިހު އެެވެ.

މުސްކުޅިން ދިރިއުޅުނު ގޭގެ ދޮރު ހަލާކުކޮށްލައިގެން ވަދެ 95،000 ރުފިޔާ އާއި 1000 އެމެރިކާ ޑޮލަރު ވަގަށަ ނެގިއެވެ.

އެ ވައްކަން ކުރީ އެގޭގައި ދިރިއުޅޭ ފިރިހެން މީހާ ފަތިހު މިސްކިތަށް ދިޔަ ގަޑީގައެވެ. އެގޭގައި ދެން އުޅުނު މުސްކުޅި އަންހެން މީހާއަކީ ނުތެދުވެވޭ މީހެކެވެ.

ފުލުހުން ބުނީ އެ މައްސަލައިގިއ ހައްޔަރުކުރި މީހާ މިމަހު 23 ވަނަ ދުވަހު ފުލުހުން ބަންދުން ދޫކޮށްލައިފަިއވާ ކަމަށެވެ.

އެ ހާދިސާގައި ގެއްލުން ފައިސާތައް އަދިވެސް ނުހޯދޭކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް