ކެނދިކުޅުދޫގައި އާ އިންޖީނުގެއެއް އަޅަން ހަވާލުކޮށްފި

ކެނދިކުޅުދޫގައި އާ އިންޖީނުގެ އެއް އިމާރާތް ކުރުމަށް ޓޫއެލް ކޮންސްޓްރަކްޝަނާ ހަވާލުކުރުން -- ފޮޓޯ: ފެނަކަ

ނ. ކެނދިކުޅުދޫގައި އާ އިންޖީނުގެ އެއް އިމާރާތް ކުރުމަށް ޓޫއެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށް، ފެނަކާ އާދެމެދު މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ފެނަކަ ހެޑް އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މަސައްކަތު އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

ޓޫއެލް ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީ އޮޕަރޭޝަންސް ޑިރެކްޓަރު ހުސެއިން އިބްރާހިމް އެވެ.

ހަތް މިލިއަން ރުފިޔާގެ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ނުވަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

comment ކޮމެންޓް