ކިނޮޅަހުގައި މޫދަށް އެރިއުޅުނު މީހަކު މަރުވެއްޖެ

ކިނޮޅަސް

ރ. ކިނޮޅަހުގައި މޫދަށް އެރި އުޅުނު މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

އެ ރަށު ކައުންސިލުން މިއަދު ބުނީ މަރުވެފައި އޮއްވައި ފެނުނީ އުމުރުން ދުވަސްވީ މީހެއް ކަމަށާއި އޭނާގެ ހަށިގަނޑު މިހާރު އޮތީ ރަށު ސިއްހީ މަރުކަޒުގައި ކަމަށެވެ.

"ހަށިގަނޑު އޮތީ އަތިރިމައްޗަށް ލައްގާފައި. އާންމުކޮށް އެ އުމުރުގެ މީހުން މެންދުރު ނަމާދުގެ ކުރިން މޫދަށް އެރޭ،" ރަށު ކައުންސިލުން ބުންޏެވެ.

ކިނޮޅަހު ސިއްހީ މަރުކަޒުން ބުނީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 82 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ މިއަދު 12:00 ހާއިރު އެރަށު އުތުރު ފަރާތު ގޮނޑުދޮށުން ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް