ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ބަޔަކު ފުރުވާލި މައްސަލަ ތަހުގީގުކޮށްދޭން އެދިއްޖެ

ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް -- ސަންފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ މައްސަލައެއްގައި ދައުވާ އުފުލައި ޕާސްޕޯޓު ހިފަހައްޓާފައި އޮތް ދެ ބިދޭސީއެއް ރާއްޖެއިން ފުރުވާލި މައްސަލައެއް ތަހުގީގު ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީއަށް) ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ދެ ބިދޭސީއިން ފުރުވާލީ ކުރިމިނަލް ކޯޓުގައި އޮތް، މަސްތުވާތަކެތި އެތެރެ ކުރުމުގެ ދެ މައްސަލައެއްގައި ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ކަމަށެވެ. އެއީ ބަންގްލަދޭޝްގެ ދެމީހުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

"އެ ދެމީހުން ފުރުވާލި މައްސަލަ ތަޙްޤީޤު ކޮށްދެއްވުން އެދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅައިފީމެވެ.." ޕީޖީ އޮފީހުން ކުރި ޓުވީޓެއްގައި ބުންޏެވެ.

އެ ދެ ބިދޭސީން ފުރުވާލި މައްސަލާގައި އިހުމާލު ވަނީ ކޮންބައެއް ކަމެއް ޕީޖީ އޮފީހަކުން ނުބުނެ އެވެ.

comment ކޮމެންޓް