ޓީއެމްއޭގެ ފްލީޓަށް އިތުރު ދެ ބޯޓު ގެނެސްފި

ޓީއެމްއޭގެ ސީޕްލޭންތަކެއް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ފްލީޓަށް އިތުރު ދެ ބޯޓު ގެނެސްފި އެވެ.

ހުކުރު ދުވަހުގެރޭ ރާއްޖެ ގެނައި މި ދެ ބޯޓާޢެކު އެ އެއާލައިނުގެ ފްލީޓު ވަނީ 55 އަށް އަރައިފައެވެ.

ޓީއެމްއޭ އިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުވެސް ސީޕްލޭނެއް ގެނެސްފައެވެ. ޓީއެމްއޭ އިން ބުނީ ހުކުރު ދުވަހުގެރޭ ދެ ބޯޓު އެކުގައި ގެނައިރު މިއީ އެ ކުންފުނީގެ ފްލީޓަށް ދެ ބޯޓު އެއްފަހރާ ގެނައި ފުރަތަމަ ފަހަރު ކަމަށެވެ.

ޓީއެމްއޭގެ އިތުރުން ރާއްޖޭގައި އިތުރު ދެ ކުންފުންޏަކުން ސީޕްލޭންގެ ހިދުމަތް ދެއެވެ.

ޓީއެމްއޭއިން ބުނި ގޮތުގައި އެ އެއާލައިންގެ ފްލީޓް ބޮޑު ކުރަނީ ކަސްޓަމަރުންނަށް މިހާރަށް ވުރެ ފަސޭހަ ހިދުމަތެއް ދީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެވެ. އަދި އަލަށް ހުޅުވާ އިތުރު ރިސޯޓްތަކަށް ހިދުމަތް ފުޅާކުރުމަކީ ވެސް އަމާޒެއް ކަމަށް ވެސް ޓީއެމްއޭއިން ބުންޏެވެ.

comment ކޮމެންޓް