ގާސިމްވެސް އަލީ ވަހީދުގެ ދިފާއުގައި

ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް އިބްރާހީމް އާއި އަލީ ވަހީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ގާބިލު ހިންގުންތެރި ވަޒީރެއް ކަމަށް ވިދާޅުވެ އޭނާގެ ދިފާއުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވަޑައިންނަވައިފި އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ޓުއަރިޒަމް ހިދުމަތް ފޯރުކޮށްދޭ، ފާހަގަކޮށްލެވޭ ކުންފުނިތަކުން ސާވިސް ޗާޖު ދޭ ގޮތް ރަނގަޅު ކަމަށް ވިދާޅުވުމާ ގުޅިގެން ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތް ކުރާ ބައެއް މީހުންގެ ފާޑުކިޔުން އަލީ ވަހީދަށް ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅިގެން ގާސިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޓުއަރިޒަމް އިންޑަސްޓްރީއަށް ވިނަމަވެސް އަދި މުވައްޒަފުންނާ ބެހޭ ކަމަކަށްވިނަމަވެސް، އަލީ ވަހީދު ކަންތައް ކުރައްވާނީ އެކަމަށް ގާނޫނީގޮތުން ކުރެވެން އޮތް ގޮތަކަށް އެމަސައްކަތް ކުރައްވާނެ ކަމަށެވެ.

"މުސާރަ އާއި ސާވިސް ޗާޖު ކަނޑައަޅަނީ މިނިސްޓަރެއް ނޫން،" ގާސިމް ވިދާޅުވިއެވެ.

އަލީ ވަހީދުގެ ދިފާއުގައި ގާސިމް ނިކުމެވަޑައިންނެވިއިރު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އަލީ ވަހީދު ދިފާއުކުރައްވާފައެވެ.

އަލީ ވަހީދަށް ތައުރީފުކުރައްވާ ނަޝީދު މިއަދު ވިދާޅުވީ ފާއިތުވި އަހަރެއްހާ ދުވަސްތެރޭގައި ޓުއަރިޒަމް މިނިސްޓްރީއަށް ހެޔޮ ބަދަލު އައިސްފައިވާ ކަމަށެވެ.

comment ކޮމެންޓް