ތިނަދޫގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ

ތިނަދޫގައި ހިނގި އެކްސިޑެންޓުގައި ބޯފަޅައިގެން ދިޔަ މީހާ ބިންމައްޗަށް ވެއްޓިފައި --

ގދ. ތިނަދޫގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ އެވެ.

ފުލުހުން ބުނީ މިރޭ 19:18 ހާއިރު ގދ. ތިނަދޫ އަބޫބަކުރު ސްކޫލު ކުރިމަތިން ދެ ސައިކަލު ޖެހި އެކްސިޑެންޓުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވެއެވެ. އަނެއް ސައިކަލު ދުއްވި މީހާއަށް ބޭރުފުށުން މާ ބޮޑު އަނިޔާއެއް ނުވެއެވެ.

އެ ދެ މީހުންނަށްވެސް މިހާރު ތިނަދޫ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.

ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓުވި ދެ މީހުންގެ އަތުގައިވެސް ލައިސެންސް އޮވެއެވެ.

comment ކޮމެންޓް