ބޮޑު ބްރޭކް އަކަށް ފަހު މައި ކެމިކަލް ރޮމޭންސް އަތުވެއްޖެ

މައި ކެމިކަލް ރޮމޭންސް، ލޮސް އެންޖެލެސްގައި ޕަފޯމް ކުރަނީ --- ފޮޓޯ : ބިލްބޯޑް

ގިނަ އަހަރުތަކެއްގެ ބޮޑު ބްރޭކަކަށް ފަހު މަޝްހޫރު ރޮކް ބޭންޑު ކަމަށްވާ "މައި ކެމިކަލް ރޮމޭންސް" އެނބުރި އަތުވެއްޖެ އެވެ.

"އީމޯ" މިއުޒިކް ނެރޭ ބައެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ މައި ކެމިކަލް ރޮމޭންސް އެންމެ ފަހުން އެކީގައި ފެނިގެން ދިޔައީ 2012 ވަނަ އަހަރުގަ އެވެ.

އެއަށް ފަހު މުޅި ބޭންޑު ބޮޑު ބްރޭކަކަށް ދިޔުމަށް ފަހު ހުރިހާ މެމްބަރުން އެކީގައި ވަނީ ދާދި ފަހުން ފޭނުންނާ ބައްދަލުކޮށްފަ އެވެ.

ލޮސް އެންޖެލެސްގައި ބޭއްވި ހާއްސަ އިވެންޓެއްގައި މައި ކެމިކަލް ރޮމޭންސްގެ ފޭނުންނާ އެ ބޭންޑުގެ މެމްބަރުން ވަނީ އިއްޔެ ބައްދަލުކޮށްފަ އެވެ.

އެ ބޭންޑު އެކީގައި ފެނިގެންދާނެ ކަން އެނގުމުން ބޭންޑާ ބައްދަލުކުރުމަށް ފޭނުން ވަނީ 24 ގަޑީއިރަށްވުރެ ގިނަ ވަގުތު ބޭންޑުގެ އިންތިޒާރުގައި މަޑުކޮށްފަ އެވެ.

އެ ބޭންޑުން މިހާރު ތައްޔާރު ވަމުން ދަނީ ޝޯތަކެއް ދިނުމަށެވެ. އަދި ޕަފޯމް ކުރާނެ ލަވަތަކުގެ ސެޓްލިސްޓެއް ވެސް ވަނީ އެ ބޭންޑުން އާންމުކޮށްފައެވެ.

މައި ކެމިކަލް ރޮމޭންސް އިން ބުނިގޮތުގައި ކުރިއަށް އޮތް ތަނުގައި ސްޓޫޑިއޯ އަލްބަމެއް ނެރޭނެއެވެ. ނަމަވެސް އެ އަލްބަމް ނެރޭނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެ ބޭންޑުގެ މަގުބޫލު އަލްބަމްތަކުގެ ތެރޭގައި "ތްރީ ޗިއާސް ފޮ ސްވީޓް ރިވެންޖް" އާއި "ދަ ބްލެކް ޕެރޭޑް" ފަދަ އަލްބަމް ހިމެނެއެވެ.

comment ކޮމެންޓް