އެއް އަހަރުގެ މުއްދަތަށް ބީއެޗްއެމްއިން ކުޑަކުދިންގެ ހިޔާތަކަށް ކޯސްޓް ކިރު ހަދިޔާ ކުރަނީ

ބީއެޗްއެމް އިން ހުޅުމާލޭގައި ހުންނަ ފިޔަވަތި ކުޑަކުދިންގެ ހިޔާ އަށާއި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް އެއް އަހަރު ދުވަހަށް ކޯސްޓް ކިރު ހަދިޔާކުރުން --- ފޮޓޯ: ޖެންޑާ

ރާއްޖޭގެ ބާޒާރުގައި ކޯސްޓް ކިރު ވިއްކާތާ 30 އަހަރު ފުރުން ފާހަގަ ކުރުމަށް ބީއެޗްއެމް އިން ހުޅުމާލޭގައި ހުންނަ ފިޔަވަތި ކުޑަކުދިންގެ ހިޔާ އަށާއި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް އެއް އަހަރު ދުވަހަށް ކޯސްޓް ކިރު ހަދިޔާކުރަން ނިންމައިފިއެވެ.

ބީއެޗްއެމް އަކީ ކޯސްޓްކިރުގެ ރާއްޖޭގެ އިމްޕޯޓާ، ހޯލްސޭލާ އަދި ޑިސްޓްރިބިއުޓާ އެވެ.

އެ ކުންފުނިން ބުނީ ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް ކުޑަކުދިންގެ ހިޔާތަކަށް ހަދިޔާކުރާ ކޯސްޓް ކިރާއެކު ހިޔާތަކުގައި އުޅޭ ކުދިންނަށް ދުވާލަކު އެއްފަހަރު މަދުވެގެން ކިރުތަށްޓެއް ދެވޭނެ ކަމަށާއި މިއީ ކުދިންގެ ހެދިބޮޑުވުމަށް މުހިއްމު ކަމެއް ކަމަށެވެ.

ރާއްޖޭގައި ކޯސްޓް ކިރު ވިއްކާތާ 30 އަހަރު ފުރުން ފާހަގަ ކުރުމަށް ބީއެޗްއެމްއިން ވަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ގަންނަ ކޮންމެ ކިރު ދަޅަކަށް ނުވަތަ ކިރު ޕެކެޓަކާއެކު ހާއްސަ ހަދިޔާއެއްވެސް ދަނީ ދެމުންނެވެ.

ކޯސްޓް ހިކި ކިރަކީ ރާއްޖޭގެ މާކެޓުގައި އެންމެ މަގުބޫލު އެއް ހިކި ކިރެވެ.

comment ކޮމެންޓް