ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީ އިތުރު ފަސް ރަށަކަށް

ބީއެމްއެލް ކޮމިޔުނިޓީ ފަންޑް ޕްރޮގްރާމުގެ ދަށުން ހިންގި ޕްރޮޖެކްޓެއް -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިޔުނިޓީ ފަންޑުންް އިތުރު ފަސް ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ބީއެމްއެލ ކޮމިޔުނިޓީ ފަންޑަކީ މުޖުތަމައާ އޮންނަ ގުޅުން ބަދަހިކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިއަހަރު ތެރޭ 20 ރަށަކަށް ކޮމިޔުނިޓީ ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އަމިއްލަ ފަރުދުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުން އަދި ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކަށް ކޮމިޔުނިޓީ ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިއަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ކޮމިޔުނިޓީ ފަންޑުން ވަނީ ފަސް ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ފަަސް ޕްރޮޖެކްޓަކީ:

  • ހދ.ކުމުންދޫގައި ސޯލާ ލައިޓް ހަރުކުރުން – އަމީން މުހައްމަދު
  • ތ. ގުރައިދޫގައި ޕްލާސްޓިކް ރިސައިކްލިން ޕޮއިންޓެއް ގާއިމްކުރުން – ގްލޯބަލް ސިޓިޒަން ސޮސައިޓީ
  • ހދ. ކުރިނބީގައި އައުޓްޑޯ ފިޓްނަސް ޕާކެއް ހެދުން –- އާދަމް ޝަޒީމް
  • ހދ. ހޯރަފުށީގައި ކުޑަކުދިންގެ ޕާކެއް ހެދުން –- ހޯރަފުށި ޔޫތް ޑިވަލޮޕްމަންޓް ސޮސައިޓީ
  • ތ. ވިލުފުށީގައި އައުޓްޑޯ ޖިމް އެއް ހެދުން – ވަސަނަ ޖަމިއްޔާ

ބީއެމްއެލް އިން ބުނީ ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުން ކަމަށެވެ.

"ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް މިވަނީ އިތުރުވެގެން ގޮސްފައި. މިއާއެކު މިއަހަރުތެރޭ ކޮމިއުނިޓި ފަންޑްގެ ދަށުން މިވަނީ ޖުމްލަ 20 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައި،" ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް