މިމަހުގެ 31 އިން އަންނަ މަހު ހަތަރަކަށް އެމްއައިބީ ބަންދުވާނެ

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑްއޮފީސް--- ސަން ފޮޓޯ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ބްރާންޗުތަކުން މި އަަހަރު ހިދުމަތް ދޭނެ އެންމެ ފަހު ދުވަހަކީ ޑިސެމްބަރު 30 ވާ ހޯމަ ދުވަސް ކަމަށް އެ ބޭންކުން ބުނެފި އެވެ.

ކޮންމެ އަހަރަކު ވެސް ބޭންކުތަކުގެ އޮޑިޓް މަސައްކަތް ކުރުމަށް އަހަރު ނިމުމާދިމާކޮށް ބޭންކުތަކުގެ ހިދުމަތް މެދުކަނޑާލައިފަ އެވެ.

އެމްއައިބީ އިން ބުނީ މި މަހުގެ 31 އިން ޖެނުއަރީ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އެ ބޭންކުގެ ބްރާންޗުތައް ބަންދު ވާނެ ކަމަށެވެ. ބްރާންޗުތަކުން ދޭ ހިދުމަތްތައް ދެން ފަށާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް އެމްއައިބީ އިން ބުންޏެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބެސް ބުނެފައި ވަނީ އެ އޮތޯރިޓީ އިން މި އަހަރު ހިދުމަތް ދޭނެ އެންމެ ފަހު ދުވަހަކީ 30 ޑިސެމްބަރު ވާ ހޯމަ ދުވަސް ކަމަށެވެ.

comment ކޮމެންޓް