މާރުކޭޓްގެ ގޮޅިތަކުގެ ޑިޒައިނަށް ބަދަލުގެނެސް ގޮޅިތައް އިތުރުކުރަނީ

ދަތުރުވެރިންގެ މާރުކޭޓް ބޭރު. މާރުކޭޓް މަރާމާތަށް ބަންދުކުރި ގޮތަށް އަދިވެސް ނުހުޅުވޭ -- ސަން ފޮޓޯ: އަހުމަދު ޝަރުވާން

މާލޭ ސިޓީ ކައުންސިލްއިން މިހާރު އިތުރަށް ތަރައްގީ ކުރަމުންދާ ދަތުރުވެރިންގެ މާރުކޭޓްގެ ޑިޒައިނަށް ބަދަލުގެނެސް ގޮޅިތައް އިތުރުކުރަމުންދާކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ދަތުރުވެރިންގެ މާރުކޭޓް ބަންދުކޮށް އެތަން އަލުން ތަރައްގީ ކުރަން ފެށީ މީގެ ހަތަރު މަހެއްހާ ދުވަސް ކުރިންނެވެ. އަދި އެ މާރުކޭޓްގެ ގޮޅިތަކަށް އަލުން ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތު މިމަހުގެ 19 ގައި ވަނީ ހަމަވެފައެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަކް ވިދާޅުވީ ގޮޮޅިތަކަށް 2000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި ކަމަށެވެ.

ކުރިން އެ މާރުކޭޓުން ހުޅުވާލީ 117 ގޮޅިއަކަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް ގޮޅިތައް ދިނުން. މިހާރު ވާނީ ޑިޒައިންއަށް ބަދަލުގެންނަމުން. ޑަބަލް ސްޕޭސްހުރި ތަންތަނުން އެހެން ގޮޅިތައްވެސް ނެގޭނެ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ދަތުރެރިންގެ މާރުކޭޓް ސީދާ ހުޅުވޭނެ ދުވަހެއް އޭނާ ވިދާޅެއް ނުވެއެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އެތަން ހުޅުވަން ދެން އެހާ ގިނަދުވަހެއް ނުނަގާނެ ކަމަށެވެ.

https://sun.mv/127534

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެއް އަހަރު ފުރުނު ދުވަހު، ސަރުކާރާމެދު އާންމުންގެ ހިޔާލު ހޯދާލުމުން ވެސް އެންމެ ބޮޑު ޝަކުވާއަކަށް ވީ ދަތުރުވެރިންގެ މާރުކޭޓްގެ މައްސަލަ އެވެ. އެއްވެސް ކަހަލަ އެދެވޭ ޖަވާބެއް ސިޓީ ކައުންސިލުގެ ފަރާތުން ނުލިބޭތީ އެ މީހުން ތިބީ މާޔޫސްވެ ރުޅިވެސް ގަދަވެފަ އެވެ.

comment ކޮމެންޓް